މަރުމަތީގަ ނިތްކުރިން އޮށްދާހިއްލުމަކީ މުއުމިނެއްކަން އަންގައިދޭކަމެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަރުމަތީގަ ނިތްކުރިން އޮށްދާހިއްލުމަކީ މުއުމިނެއްކަން އަންގައިދޭކަމެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ މީހަކުމަރުވާއިރު ނިތްކުރިން އޮށްދާ ހިއްލައިފިނަމަ އެއީ ނުބައި މީހެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތް ތަފާތެވެ. އެއީ މުއުމިނުންގެ ކިބައިން ފެންނާނެ ކަމެކެވެ.  

Buraidah (RAA) narrated that the messenger of Allah (ﷺ) said:

“The believer dies while his forehead is sweating." Related by the three Imams.

އެއްވެސް މީހަކު މަރުވުމުން އޭނާއާއިމެދު ގޮތް ނިންމައިގެން ނުވާނެއެވެ. އެކަން ނިންމެވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. މީސްތަކުންނަށްޓަކައި ބައެއް މީހުންގެ ކިބައިން ޢަލާމާތްތައް ދައްކަވަތެވެ. ނުދެއްކެވުމަށްވެސް އިރާދަކުރައްވަވަތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

ހެޔޮލަފާ ގިނަ ބައެއްގެ މަރުމަތީގައި އެމީހުންގެ ގައިން ވަރަށް ބޮޑަށް ދައުހިއްލާތަން އަހުރެންނަށްވެސް ވަނީ ފެނިފައެވެ. ޚާއްޞަކޮށް ނިތްކުރިންނެވެ.  

މުއުމިނަކު ހުކުރު ދުވަހު  ނުވަތަ ހުކުރުވިލޭރޭ މަރުވެއްޖެނަމަ އެމީހަކަށް ކައްވަޅުގެ ޢަޛާބު ނުދެއްވަވާނެކަމަށް ޙަދީޘްފުޅުގައި އޮވެއެވެ. މުއުމޮިނުންނަށް މިއީ ވަރަށް އުފާވެރި މަރެކެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވަވާނެތީއެވެ. 

Abdullah ibn Amr reported: The Messenger of Allah, peace and blessings be upon him, said, “No Muslim passes away on Friday, or its night, but that Allah will protect him from the trial of the grave.” 

Source: Sunan al-Tirmidhī 1074

Grade: Hasan (fair) according to Al-Albani 

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

 

 

މިއަދު އޮންލައިން