އެކުވެރިންނަށް ޝެޢާކޮށްލުމުން ޘަވާބު ދެއްވަވާނެ ހަދިޔާއެއް! ކޮންމެ ދުވަހަކު އަސްތަޣްފާރު ކުރާނަމަ ތިމާއަށް އެންމެ ބޮޑަށް ބޭނުންވާ މިބޮޑެތި ފައިދާތައް ތިމާއަށް ކުރާނެކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެކުވެރިންނަށް ޝެޢާކޮށްލުމުން ޘަވާބު ދެއްވަވާނެ ހަދިޔާއެއް! ކޮންމެ ދުވަހަކު އަސްތަޣްފާރު ކުރާނަމަ ތިމާއަށް އެންމެ ބޮޑަށް ބޭނުންވާ މިބޮޑެތި ފައިދާތައް ތިމާއަށް ކުރާނެކަން އެނގޭތަ؟

ކޮންމެ ދުވަހަކުވެސް ފާފަފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާނަމަ 3 ކަމެއް އެމީހަކަށް ޙާޞިލްވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ފުރަތަމަ ކަމަކީ އެމީހަކަށް އަމިއްލައަށް ސަލާމަތްވެވިދާނެކަމަށް ޤަބޫލުކުރެވޭ ކަންކަމުން ސަލާމަތްވެވޭނެ މަގެއް ދައްކަވައިދެއްވެވުމެވެ. ދެވަނަ ކަމަކީ ހިތްދަތިކަމާއި ހިތާމައިގެ ވަޤުތުގައި އެކަމުން އަރައިގަނެވޭނެ މަގެއް ދެއްކެވުމެވެ. ތިންވަނަ ކަމަކީ ރިޒްޤް ތަނަވަސްކޮށްދެއްވެވުމެވެ.  

މިކަންކަމުގެ އިތުރުން ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެއީވެސް ޤުރްއާނާއި ޙަދީޘްފުޅުތަކުން ޔަޤީންކުރެވޭ ކަމެކެވެ. އެނގިގެން މިދަނީ ފާފަތައް ފުއްސަވައި ދެއްވެވުމުގެ އިތުރުން މި 3 ކަންތައް މިންވަރު ކުރައްވަވާނެ ކަމެވެ.  

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކޮންމެ ދުވަހަކުވެސް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން: 

2     سبحان الله وبحمده، أستغفر الله، وأتوب إليه‏

ފަދަ ކޮންމެވެސް ޛީކުރެއް މަދުވެގެން 100 ފަހަރު ކިޔަން މަސައްކަތްކުރުމެވެ. އަދި އެއަށްވުރެވެސް ގިނައިން ކިޔަން މަސައްކަތްކުރުމެވެ. އެކަމަށް ހޭދަކުރަންޖެހޭ 3،5 ވަރަކަށް މިނިޓާއިމެދު ނުވިސްނާށެވެ! އެކަމުން ލިބެން އޮތް ފައިދާ މާބޮޑުކަން ކުރިން މިބަޔާންކުރީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  


 

މިއަދު އޮންލައިން