ވުޟޫކޮށްގެން ހިނައިގަތްނަމަވެސް އަލުން ވުޟޫކުރަންޖެހޭނެ ޙާލަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ވުޟޫކޮށްގެން ހިނައިގަތްނަމަވެސް އަލުން ވުޟޫކުރަންޖެހޭނެ ޙާލަތު!

މިއީ ގިނަ ބައަކަށް އޮޅުން އަރާކަމެކެވެ. އެކަމަކު އެނގުން ވަރަށް މުހިންމު ކަމެކެވެ. ނަމާދު ޞައްޙަވާނީ ޞައްޙަވުޟޫއަކާއިއެކުގައިކަމަށްވާތީއެވެ.  

ޖުނުބުން ހިނައިގަންނައިރު ދެއަތްދޮވެފަ، ފަރުޖުދޮވެފައި ދެން ވުޟޫކުރުމަށްފަހު ދެވަނަ ފަހަރަށް މުޅިހަށިގަނޑުގައި ފެންލާއިރު ފަރުޖުދޮވުން ހުއްދަވާނެ ހެއްޔެވެ؟ ނުވަތަ އެއީ ވުޟޫ ބާޠިލުވާނެކަމެއް ހެއްޔެވެ؟ އެއީ ހިނައިގަނެނިމިގެން އަހަރެން ނަމާދުކުރަން ނިޔަތްގަނެގެންވާ ޙާލެވެ.

އެންމެހާ ޙަމްދު ޘަނާވަނީ ﷲއަށެވެ. 

ސުންނަތްވެގެންވަނީ ފެންވަރަން ފަށައިގަތުމުގެ ކުރިން ފަރުޖުދޮވުމެވެ. އެއީ ބުޚާރީއާއި(276) މުސްލިމް(317)، އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރެއްވިއެވެ. މައިމޫނާ رضي الله عنها ވިދާޅުވިކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. 

وَضَعْتُ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غُسْلًا فَسَتَرْتُهُ بِثَوْبٍ، وَصَبَّ عَلَى يَدَيْهِ فَغَسَلَهُمَا، ثُمَّ صَبَّ بِيَمِينِهِ عَلَى شِمَالِهِ فَغَسَلَ فَرْجَهُ، فَضَرَبَ بِيَدِهِ الْأَرْضَ فَمَسَحَهَا، ثُمَّ غَسَلَهَا، فَمَضْمَضَ وَاسْتَنْشَقَ وَغَسَلَ وَجْهَهُ وَذِرَاعَيْهِ، ثُمَّ صَبَّ عَلَى رَأْسِهِ وَأَفَاضَ عَلَى جَسَدِهِ، ثُمَّ تَنَحَّى فَغَسَلَ قَدَمَيْهِ.

"ނަބިއްޔާ صلى الله عليه وسلم ފެންވަރާނެ ފެން އަޅުގަނޑު ބެހެއްޓީމެވެ. އަދި ފޮތިގަނޑަކުން އެކަލޭގެފާނު ފަރުދާކުރެއްވީމެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ދެއަތްޕުޅަށް ފެން އަޅުއްވާ ދޮވެލެއްވިއެވެ. އެއަށްފަހު ކަނާއަތުން ވައަތަށް ފެން އޮއްސަވާލައްވާ، ފަހެ އެކަލޭގެފާނުގެ ފަރުޖުދޮވެލެއްވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅުން ބިމުގައި ޖައްސަވާ ބީއްސަވާލެއްވިއެވެ. އެއަށްފަހު އެދޮވެލެއްވިއެވެ. ދެން ފަހެ އަނގައަށާއި ނޭފަތަށް ފެންލައްވާ އަދި މޫނާއި އަތްދަނޑި ދޮވެލެއްވިއެވެ. އެއަށްފަހު ބޮލަށް ފެން އޮއްސަވާ، މުޅިހަށިގަނޑަށް އޮހޮރާލެއްވިއެވެ. ދެން އެއަށްފަހު އެތަނުން ދުރަށް ޖެހިވަޑައިގެން ދެފައިންޕުޅު ދޮވެލެއްވިއެވެ." 

ފަހެ އެއަށްފަހު ފަރުޖުގައި ބީހިއްޖެނަމަ ނުވަތަ ދެވަނަ ފަހަރަށް (އޭގައަތްލާ) ދޮވެފިނަމަ ފަހެ ރައްކާތެރިގޮތަކީ ފެންވަރާނިމުމުން ވުޟޫކުރުމެވެ. އެހެނީ ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި ފަރުޖުގައި އަތްލުމަކީ ވުޟޫ ގެއްލޭކަމެކެވ

 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/82521/if-he-touches-his-private-part-during-ghusl-does-he-have-to-repeat-wudoo

 

މިއަދު އޮންލައިން