މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، އަޙްމަދު ނާޞިފު އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، އަޙްމަދު ނާޞިފު އައްޔަންކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، އަލްފާޟިލް އަޙްމަދު ނާޞިފު އައްޔަންކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ސ.ހުޅުދޫ، ރިވަރސައިޑު އަލްފާޟިލް އަޙްމަދު ނާޞިފު، އިއްޔެ އައްޔަން ކުރައްވާފައިވާކަން ޕީ.ސީ.ބީ އިން ވަނީ ހާމަކޮށްފައެވެ.

އަޙްމަދު ނާޞިފަކީ ކޯޕަރޭޓް މެނޭޖްމަންޓް، ދައުލަތުގެ އިދާރާތައް ހިންގުން، ސްޓްރެޓީޖިކް ޕްލޭނިންގ، އަދި އޯގަނައިޒޭޝަނަލް ލީޑަރޝިޕްގެ ދާއިރާއިން 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ސެކްޓަރުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.

ނާޞިފް ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާބަންކޯ)، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، އަދި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރަށް ޓީ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

އަޙްމަދު ނާޞިފް ވަނީ އޮސްޓްރޭލިއާގެ އެޑިތް ކޯވަން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް) ހާސިލުކުރައްވާފައެވެ. އޭނާގެ މައިގަނޑު ހުނަރުތަކުގެ ތެރޭގައި ސްޓްރެޓީޖިކް ލީޑަރޝިޕް، ފައިނޭންޝަލް މެނޭޖްމަންޓް، ބިޒްނަސް ޑިވެލޮޕްމަންޓް، ކޯޕަރޭޓް ގަވަރނަންސް، ޕަބްލިކް ރިލޭޝަންސް އަދި އޯގަނައިޒޭޝަނަލް ޓްރާންސްފޯމޭޝަން ހިމެނެއެވެ.

މިއަދު އޮންލައިން