މަސައްކަތްކޮށް އާމްދަނީ އިތުރުކޮށްނުދޭނެ އަންހެނަކާ ކައިވެނިކޮށްފަ އެކަނި ޚަރަދުކުރަންޖެހޭތީއާ ޚަރަދުބޮޑުވެގެން ޝަކުވާކުރީމާ ކުރާނީ ކޮންފައިދާއެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
މަސައްކަތްކޮށް އާމްދަނީ އިތުރުކޮށްނުދޭނެ އަންހެނަކާ ކައިވެނިކޮށްފަ އެކަނި ޚަރަދުކުރަންޖެހޭތީއާ ޚަރަދުބޮޑުވެގެން ޝަކުވާކުރީމާ ކުރާނީ ކޮންފައިދާއެއްތަ؟

ފުރަތަމަ ކަމަކީ އަނބިންލައްވައި މަސައްކަތްކުރުވުމެއް ނެތެވެ. ވީމާ އެކަނބަލުންނަށް ޙައްޤުމަޤާމުގައި، ގޭގައި ބައިތިއްބަނީއެވެ. އެއީ ޢަމަލުކުރަން އޮތް އެންމެ ރަނގަޅުވެސް ގޮތެވެ. ބުނަން މިއުޅެނީ އެގޮތަށް އަނބިމީހާ ޢިއްޒަތުގަ ގޭގައި ބައިންދާފައި "ހުރިހާ ޚަރަދެއް ކުރަންމިޖެހެނީ އެކަނި މަސައްކަތްކޮށްގެންހޯދާ ފައިސާއިންނޭ! ހާދަހާ ޚަރަދުބޮޑޭ!" ކިޔުމުގެ ބޭނުމެއް ނެތެވެ. އެފަދަ ބަސްތައް ބުނާނަމަ އެއީ އަނބިމީހާގެ ހިތަށް ދެވޭ ޙަމަލާތަކެކެވެ. އެކަމުން ލިބޭނީ ހިތްދަތިކަމެވެ.  

ބުނަން ބޭނުންވަނީ އަނބިމީހާ ލައްވައި މަސައްކަތްކުރުވަން ބޭނުންވާނަމަ ކައިވެނީގެ ކުރިން އެކަމަށް ގޮތްނިންމާށެވެ. މަސައްކަތްނުކުރުވާނަމަ ޚަރަދުކުރަންޖެހެނީ އެކަނި ކަމަށްބުނެ ވާހަކަނުދައްކާށެވެ! އެފަދަ ވާހަކަތައް ދައްކާނަމަ ދެމަފިރިންގެ ގުޅުން ދާނީ ހީނަރުވަމުންނެވެ. 

އަނބިންނަށް ޚަރަދުކުރުމުގައި ޢާންމުގޮތެއްގައި މިއޮންނަނީ ދެގޮތެކެވެ. އެއްގޮތަކީ އަނބިމީހާއަކީ އޭނާގެ އަމިއްލަ މަސައްކަތުން ފައިސާ ހޯދާ ފުދުންތެރި އަންހެނަކަށްވުމެވެ. އެއިރުން ފިރިން އޭނާއަކަށް ޚަރަދެއް ނުކުރެއެވެ. ހުރިހާ ޚަރަދެއް ޖަހަނީ އޭނާގެ ބޮލަށެވެ.  

ދެވަނަ ގޮތަކީ ޤާބިލްކަން ހުރިނަމަވެސް ފައިސާ ހޯދަން މަސައްކަތް ނުކުރާ ކަންނެތް އަންހެނުންނާއި ކައިވެނިކުރުމެވެ. އެފަދަ އަންހެނަކާއި ކައިވެނިކުރުމުން ހުރިހާ ޚަރަދެއްކުރަންޖެހެނީ ފިރިމީހާއަށެވެ. ދެން ކުރަނީ ޝަކުވާއެވެ. މާގިނަ ފައިސާޚަރަދުކުރަންޖެހޭތީއެވެ. އަތްމަތިހުސްވާތީއެވެ.  

މިމައްސަލަ ކުރިމަތިވަނީ ކައިވެނިކުރާއިރު އަންހެންމީހާގެ ޙަޤީޤީ ޤާބިލުކަމަށް އިސްކަންނުދީ ބޭރުފުށުން ފެންނަ ސިފަތަކަށް ސަމާލުކަންދީ އެކަންކަމަށް ދަހިވެތިވެގެން ކައިވެނިކުރާތީއެވެ.  

ކައިވެނީގެ މައްސަލަތަކަށް ޙައްލުހޯދައިދޭން ކައުންސިލިންގދޭ މިމައްސަލައިގައި ޢިލްމުވެރިއަކު ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

މާލީގޮތުން މިނިވަން އަންހެނުން: 

ތިބާއަކީ މާލީގޮތުން މިނިވަން އަންހެނެއް ނަމަ ވާގޮތަކީ މިއީއެވެ. 

ފިރިހެނުން އެއްވެސް ވަރަކަށް ތިބާއަށް ޚަރަދެއް ނުކުރެއެވެ. ތިބާއަށްޓަކައި މާލީގޮތުން އެއްވެސް ކަމެއް އެމީހުން ނުކޮށްދެއެވެ. އެމީހުންނަށް ހީވާނީ އެއީ ވަރަށް ހިތްވަރު ގަދަ އަންހެނަކު ކަމަށެވެ. އެއީ ތިބާވެސް ފިރިމީހާގެ ކިބައިން އެއްވެސް އެއްޗަކަށް ނޭދޭތީއެވެ.  

"އެބައުޅޭ އެފަދަ އަންހެނުންވެސް، މާލީ ގޮތުން މިނިވަން އެއްވެސް އެއްޗަށް އެދެން ނުޖެހޭމީހުންވެސް. އެކަމަކުވެސް، މިސާލަކަށް ކައްކަން އެނގޭ ފިރިހެނަކު، އެހެނަސް އޭނާގެ އަނބިމީހާ ހޫނަ ތާޒާ ކެއުމެއް ތައްޔާރު ކޮށްދިނީމަ އެ ލޯބި އޭނައަށް އިޙްސާސް ކުރެވޭފަދައިން، ފިރިހެނަކު އަހަރެމެންނަށް އަޅާލާ ހެދީމަ އެ ލޯބި އިހްސާސްކުރެވެއެވެ. 

ހަމައެފަދައިން، މާލީގޮތުން މިނިވަން އަންހެނުންވެސް، ފިރިމީހާ މިސާލަކަށް "އަހަރެން ތިބާގެ ފޯނުބިލް ދައްކައިފީމޭ، ނޫނީ ކޮފީ ހަދާލައިފީމޭ" ބުނެލައިފިނަމަ އެކަމުގެ ސަބަބުން ލޯބި އިހްސާސްކުރެވެއެވެ.  

އަންހެނަކު ޚަރަދަށް ބޭނުންވުމަކީ މައްސަލައެއް ނޫނެވެ. "ފިރިން ބަލަންވީ މި ދެވެނީ ކާކަށްކަން. އަސްލު ވާގޮތަކީ ގިނަ ފިރިހެނުން މި ޚަރަދު ކުރަނީ އެންމެ އެކަށީގެން ނުވާ އަންހެނަކަށް. ޚަރަދު މި ކުރަނީ ނަމެއްގަ އެންތބެއްގެ ގޮތުގައި އިންނަ ކަންނެތް އަންހެނަކަށް، ދެން މި ބުނަނީ " އޭނަ ހަމައެކަނި ބޭނުންވަނީ ތިމަންނަގެ ފައިސާއޭ". 

އެހެނަސް، ކާމިޔާބު އަންހެނަކާއިއެކު އޭނާ އުޅޭކަމަށް ވަންޏާ، އޭނަ އެ އަންހެނާއަކަށް ޚަރަދެއް ނުކުރާނެއެވެ. އަނބިމީހާއަށް އެކަމުން ހިތްދަތިކަން ލިބެއެވެ. 

ޔަޤީންކުރާށެވެ! ތިބާ ރަނގަޅު، ކާމިޔާބު، ޤާބިލް އަންހެނަކު އިޚްތިޔާރުކޮށް އަދި އޭނާއަށް ޚަރަދު ކުރާނަމަ ކުރާ ޚަރަދުގައި ބަރަކާތް ލައްވަވައި ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވަވަތެވެ. އިން ޝާ ﷲ  

މިއަދު އޮންލައިން