ބައިވެރިޔާދެކެ ރުޅިއައިސް އެއްދާން ނުކުރީމާ އެކަމުގެ ގެއްލުން ލިބެނީ ތިމާއަށްކަން އެނގޭތަ؟ އެއިގެ ތެރޭގަ ސްޓްރޯކް ޖެހުންވެސް ހިމެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ބައިވެރިޔާދެކެ ރުޅިއައިސް އެއްދާން ނުކުރީމާ އެކަމުގެ ގެއްލުން ލިބެނީ ތިމާއަށްކަން އެނގޭތަ؟ އެއިގެ ތެރޭގަ ސްޓްރޯކް ޖެހުންވެސް ހިމެނޭ!

ބައެއް މީހުންނަށް ބައިވެރިޔާދެކެ ރުޅިއައުދެވުމުން އެއްދާން ކުރުން ހުއްޓާލައެވެ. ބޮޑާހާކައި ފުރަގަހަށް އެނބުރިއޮވެ ނިދައެވެ.  

ދިރާސާތަކުން އެނގޭގޮތުގައި އެއްދާންކުރުމަކީ ނަފުސްކޮންޓްރޯލްކޮށްދީ ހަމަޖެހުން ގެނެސްދޭ ކަމެކެވެ. މީހަކު ރުޅިއައިސްގެން އެއްދާން ނުކޮށް ހުންނަނަމަ އޭނާގެ ރުޅި އިތުރަށް ގަދަވެއެވެ. އެގޮތަށް ރުޅިގަދަވެފައި ހުންނަންޖެހުމަކީ ސިކުނޑިއަށާއި ހިތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. ލިބޭ ގެއްލުން ބޮޑުވެ ސްޓްރޯކް ޖެހުން ފަދަ ކަންކަންވެސް ކުރިމަތިވެއެވެ.

ބައިވެރިޔާ ކުރި ކުށުގެ މައްސަލަ ބާއްވާށެވެ! އެއްދާންކުރުމަށް ދެކޮޅު ނުހަދާށެވެ! މިކިޔައިދިނީ ޞިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތަކެވެ. އެމައްސަލަތަކުން އެނގެނީ ބޮޑު ބައްޔެއްޖެހުމާއި ފުރާނައަށް ނުރައްކައުވުމުގެ ފުރުޞަތުވެސް އެބައޮތް ކަމެވެ.  

ދެން އޮތީ ބައިވެރިޔާއަށް ކަމެއް ވިސްނައިދިނުމަށް ނުވަތަ އަދަބެއް ދިނުމުގެ ގޮތުން ދެމީހުން ދުރުހެލިވުމެވެ. އެފަދަ ޙާލަތުގައިވެސް ރުޅިއައިސްގެން ނުހުންނާށެވެ. މިބުނި ފަދަ ގެއްލުންތައް ލިބެނީ ރުޅިއައިސްގެން ހުރުމުންނެވެ. އިތުރަށް ލޭކެކި ރުޅިގަދަވާތީއެވެ. ލޭދައުރުކުރުމަށް ބަދަލުތަކެއް އަންނާތީއެވެ.

 

- މިއަދުނޫސް / ޞިއްޙީ ތަޖުރިބާކާރެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން