ޞާލިޙް ދަރިއަކަށްވެހުރެ މައިންބަފައިންނަށްޓަކާ ހެޔޮދުޢާކުރުމުން އެމީހަކަށް ﷲ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ! ކުރާ އަޅުކަމުންވެސް އެމީހުންނަށް ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޞާލިޙް ދަރިއަކަށްވެހުރެ މައިންބަފައިންނަށްޓަކާ
ހެޔޮދުޢާކުރުމުން އެމީހަކަށް ﷲ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ! ކުރާ
އަޅުކަމުންވެސް އެމީހުންނަށް ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ


ގިނަ ދަރިންނަށް ބަލައިފިނަމަ މައިންބަފައިންނަށްޓަކައި ކޮށްދޭންޖެހޭ ޚިދުމަތް އޮންނަނީ ގިނަ ފަހަރަށް އެމީހުން ދުނިޔޭގައި ތިއްބައި ފުރިހަމަގޮތުގައި ނުކުރެވިފައެވެ. އެކަން ފޫބައްދަން ކުރަން އޮތް ކަމަކީ މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރުމާއި ޞަދަޤާތް ކުރުން ފަދަ މައިންބަފައިންނަށް އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަން ކުރުމެވެ.  

މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރެވޭނީ ތިމާއަކީ ޞާލިޙް މީހަކަށްވެގެންނެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީވެސް އެއިރުންނެވެ. ވީމާ ފުރަތަމަ ކަމަކަށް އޮތީ ތިމާއަކީ ޞާލިޙް އަޅަކަށްވުމެވެ. ޞާލިޙް ދަރިން ކުރާ ހެޔޮ ޢަމަލުތަކުންވެސް މައިންބަފައިންނަށް ފައިދާކުރާނެއެވެ. އެހެނީ އެދަރިފުޅު ޞާލިޙް ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނީ މައިންބަފައިންގެ މަސައްކަތުން ކަމަށްވާތީއެވެ!   

އެހެންކަމުން ޞާލިޙް ދަރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަން މައިން ބަފައިން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ނޫންނަމަ އެކަންވާނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ޢަމަލުކުރުމުގައި އިހްމާލުވުން ކަމަށެވެ. އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހުން އުފުލަންޖެހޭނެއެވެ.

މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރަނީ ކޮންދަރިންނެއްކަން މައިންބަފައިންނަށް އެނގޭނެއެވެ. އެހެނީ އެމީހުން ސުވަރުގެ ވެއްދެވުމަށްފަހު އެމީހުންގެ ދަރަޖަ އުފުލެއްވުމުން އެކަމުގެ ސަބަބާއިމެދު މައިންބަފައިން ސުވާލުކުރާނެއެވެ. އެހިނދު އެމީހުންނަށް ބުނެވޭނެތެވެ. "އެއީ ތިބާގެ މިވެނި ދަރިއަކު ކުރި ހެޔޮދުޢާގެ ސަބަބުންނެވެ."

މަރުވުމަށް އެއްވެސް މީހަކަށް އެހެން މީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އަދި ޚުދު ތިމާއަށްޓަކައިވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ވީމާ ތިމާއަށްޓަކައި ހެޔޮދުޢާކޮށްދިން ދަރިފުޅަށް ބަދަލެއްގެ ގޮތުން ކޮށްދެވޭނެ ކަމެއް ނުއޮންނާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެކަމަށް މާހެޔޮކަންބޮޑު ބަދަލެއް ﷲ ތަޢަލާ އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން