ކިތަންމެ ލޯބިވަޔަސް ކައިވެނިނުކޮށްތިބެ ގުޅުން ހިންގޭނަމަ އެގުޅުން މެދުކަޑާލުމަކީ ނުވަތަ އެކުގަ ކަނޑާލުމަކީ ﷲ ރަޙްމަތް ލައްވަވާނެ ކަމެއް! އަނެކާއަށްޓަކާ ކޮށްދެވޭނެ އެންމެ ހެޔޮކަންތައްވެސްމެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކިތަންމެ ލޯބިވަޔަސް ކައިވެނިނުކޮށްތިބެ ގުޅުން
ހިންގޭނަމަ އެގުޅުން މެދުކަޑާލުމަކީ ނުވަތަ އެކުގަ ކަނޑާލުމަކީ ﷲ ރަޙްމަތް
ލައްވަވާނެ ކަމެއް! އަނެކާއަށްޓަކާ ކޮށްދެވޭނެ އެންމެ ހެޔޮކަންތައްވެސްމެ!


 ބައެއް މީހުންނަށް ވިސްނެނީ ކުރެވޭނެ އެންމެ

ބޮޑުކުށަކީ ލޯބިވެރިޔާގެ ހިތުގައި ޖެއްސުވުން ކަމަށެވެ. އެހެންވެ ކައިވެނިނުކޮށް ފާފަކުރުންމަތީގައި ދެމިތިބެނީއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަމިއްލަ ނަފުސަށް ލިބިގަނެވޭ އެންމެ ބޮޑު އަނިޔާގެ އިތުރުން އަނެކާއަށްވެސް ކުރެވޭ އެފަދަ ބޮޑު އަނިޔާއެކެވެ. އެއަނިޔާއަކީ ދުނިޔެއާއި އާޚިރަތް ނަގައިލެވުމެވެ. ވީމާ ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ދެމީހަކު ލޯބިވީއެވެ. ނިޔަތަކީ ކައިވެނިކުރުމެވެ. ނަމަވެސް އެތައް ދުވަހެއް ފާއިތުވެގެންދާއިރުވެސް ކައިވެންޏެއް ނުކުރެވެއެވެ. ދެމީހުންގެ ދެމެދަށް ޝައިޠޯނާ ވަދެގަނެ ފާފަތައްވެސް ކުރުވަނީއެވެ. އެކަން ތިބާއަށް ވިސްނުނީއެވެ. ގުޅުން ނިމުމަކަށް ގެންނަން ބޭނުންވަނީއެވެ.  

މިފަދަ ޙާލަތުގައި ރަނގަޅަށް ވިސްނާށެވެ! ތިބާ އުޅެމުންދަނީ ނަހަމަ ގުޅުމެއްގައެވެ. އަދި ތިބާ މަސައްކަތް ކުރަމުންދަނީ އެ ގުޅުން މެދުކަނޑައިލާށެވެ! ނުވަތަ އެކަން ހުއްޓައިލާށެވެ! އެހެންކަމުން މިފަދައިން ތިބާ އޭނާއަށް މެސެޖްކުރީއެވެ.  

" އަހަރެންނަކަށް ދެން އިތުރަކަށް މިކަމެއް ނުވާނެ! ކުރިއަކަށް ނުގެންދެވޭނެ!" 

ދެން އޭނާ ސުވާލުކުރާނެއެވެ! "ތިބާ އަހަރެން ދެކެ ލޯބި ނުވަންހެއްޔެވެ؟" " ތިބާ އަހަންނަށް މިހާރު ނަފްރަތު ކުރަނީހެއްޔެވެ؟" "ނޫނީ ތިބާއަށް ހީވަނީ، ތިބާ ނަރަކައަށް ދަނީ އަހަރެންގެ ސަބަބުން ކަމަށް ހެއްޔެވެ؟" " އަހަރެން އެހާ ނުބައި ހެއްޔެވެ؟"

އެހިނދު ތިބާއަށް ބުނެވޭނެއެވެ. "ނޫން. ތިބާ އެހާ ނުބައެއް ނޫން. އަހަރެން ލޯބިވޭ ތިބާދެކެ. ތިބާ އެއްގޮތަކަށްވެސް ގޯހެއް ނޫން. ތިބަ ވަރަށް ރަނގަޅު."

ދެން އޭނާ ބުނާނެއެވެ. "އެންމެ ރަނގަޅު. ތިބާ އަހަރެންނާ އެކު ގުޅުން ކަނޑާލަން ބޭނުމިއްޔާ ، މިރޭ އަހަރެންނާ ބައްދަލު ކޮށް އަހަރެންގެ ކުރިމަތީގައި މިކަން ނިންމާ"

ދެން ތިބާއަށް ބުނެވޭނެއެވެ. "ނޫން. އަހަރެންނަކަށް ތިހެނެއް ނުހެދޭނެ" 

ދެން އޭނާ ބުނާނެއެވެ. "އެންމެ ރަނގަޅު. ތިބާ އަހަންނަށް ނަފްރަތު ކުރަނީ. އެންމެ ރަނގަޅު އަހަރެން މި އަންނަނީ" އެހިސާބުން އަނެއްކާވެސް ބހުސް ފެށިގެންދެއެވެ. އެހެނަސްފަހުން ތިބާ ތައުބާވާން ބޭނުންވެއެވެ.

ބުނަން ހެއްޔެވެ؟ ޙަޔާތުގެ އެއްވެސް މަރުޙަލާއަކީ ކުޅޭކުޅޭ ކަމަކަށް ނުހަދާށެވެ. ކޮންމެ ކަމެއްވެސް ނަގަންޖެހޭނީ ސީރިޔަސްކޮށެވެ. ތިބާ އެކަމަށް ހަނގުރާމަކޮށް އެކަމުން ސަލާމަތް ވާންވާނެއެވެ.

ތިބާ ދަންނަންވީ ތިބާ ފަހަރެއްގައި ކޮންމެސް މީހަކު ދެރަ ކުރި ނަމަވެސް ތިބާއަށް ﷲ އުފާ ކޮށްދެވޭކަމެވެ. މާނައަކީ ކުރެވެމުން އައި ފާފަތައްކުރުން ހުއްޓާލުމުން މީހަކު ތިބާދެކެ ރުޅިއައި ނަމަވެސް އެކަން ތިބާކުރުމުން (ފާފަކުރުން ހުއްޓާލުމުން) ﷲ ތަޢާލާ ތިބާދެކެ ރުހިވޮޑިގަންނަވާނެތެވެ.   

ބުނަންހެއްޔެވެ؟ އެކަން ތިބާ ކުރަންވީ ހަމައެކަނި ތިބާއަށްޓަކައެއްވެސް ނޫނެވެ. ތިބާއާއި ގުޅުން އޮވެ ފާފަކުރަމުން އަންނަ މީހާއަށްޓަކައިވެސްމެއެވެ. ފާފަކުރުމުން އޭނާވެސް ސަލާމަތްކުރުމަށެވެ. އެކަމުގެ ސަބަބުން އިތުރު ދަރަޖައަކަށް ތިބާ އުފުއްލަވައިދެއްވަވާނެތެވެ.  

ޚުލާޞާއަކީ ކައިވެނިކުރެވެން އޮތްނަމަ އަވަހަށް ކައިވެނިކުރާށެވެ! ލޯބިވެގެން ފާފަނުކުރާށެވެ! ފަފަކުރުންމަތީގައި ނުތިބޭށެވެ. ﷲ ތަޢާލާގެ ރަހްމަތާއި ބަރަކާތް ލައްވަވާނީ އެއިރުންނެވެ.  

--ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން