ފަށްކުރުމެއް!: ރަސޫލް ޞޢޥ އައު ކައިވެންޏެއް ކުރައްވާ ރޭތަކުގައިވެސް އެހެން ހުރިހާ އަނބިކަނބަލުންގެ އަރިހަށް ޒިޔާރަތްކުރެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ފަށްކުރުމެއް!: ރަސޫލް ޞޢޥ އައު ކައިވެންޏެއް ކުރައްވާ ރޭތަކުގައިވެސް އެހެން ހުރިހާ އަނބިކަނބަލުންގެ އަރިހަށް ޒިޔާރަތްކުރެއްވެވި!

ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނު އައު ކައިވެންޏެއް ކުރައްވާ ރޭތަކުގައިވެސް އެހެން ހުރިހާ އަނބިކަނބަލުންގެ އަރިހަށް ވަޑައިގެން ޒިޔާރަތްކުރައްވާ ކަމުގައިވިއެވެ. ޒައިނަބު ބިންތު ޖައިޝް رضي الله عنها އާ ކައިވެނި ބެއްލެވިރޭގެ ވަލީމާ ނިންމަވާލެއްވުމަށް ފަހު ނަބިއްޔާ صلى الله عليه وسلم ކަންކުރެއްވި ގޮތުގެ ވާހަކަ ބަޔާންކުރައްވައި އަނަސް رضي الله عنه ރިވާކުރެއްވިއެވެ: 

“…ފަހެ އެކަލޭގެފާނުގެ ނިކުމެވަޑައިގެންނެވިއެވެ. އަދި ޢާއިޝާ رضي الله عنها ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ: "ގޭގެ އަހުލުވެރިންނަށް ސަލާމާއި ﷲ ގެ ރަޙްމަތް ހުއްޓެވެ" ފަހެ އެކަމަނާ ވިދާޅުވިއެވެ: ‘وعليك السلام ورحمة الله ، ކަލޭގެފާނުގެ އައު އަނބިކަނބަލުން ކަލޭގެފާނަށް ކިހިނެތް ހެއްޔެވެ؟ ﷲ ކަލޭގެފާނަށްޓަކައި އެކަމަނާއަށް ބަރަކާތް ލައްވާށިއެވެ". ފަހެ (އެފަދައިން) ބާކީ ތިއްބެވި ހުރިހާ އަނބިއަނބި ކަނބަލުންގެ ގެކޮޅުތަކަށްވެސް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އަދި ޢާއިޝާ رضي الله عنها އަށް ޙަދީޘްފުޅު ކުރެއްވި ފަދައިން ޙަދީޘްފުޅު ކުރެއްވިއެވެ. އަދި އެކަނބަލުންވެސް ޢާއިޝާ رضي الله عنها ވިދާޅުވިފަދައިން ވިދާޅުވިއެވެ". البخاري: 4792. 

އެކަލޭގެފާނު އެފަދަ ރޭތަކުގައިވެސް އެހެން އަނބިއަނބި ކަނބަލުންގެ ކޮޓަރިކޮޅުތަކަށް ވަޑައިގެންނެވީ އެކަނބަލުންގެ ޙާލު ބައްލަވައި އެކަނބަލުންގެ ހިތްތަކަށް އުފާވެރިކަން ވެއްދެވުމައްޓަކައެވެ. އަދި އެކަނބަލުންގެ ކިބައިން އެކަލޭގެފާނުގެ އައު އަނބިކަނބަލަށް ހެޔޮ ދުޢާ ހޯއްދެވުމައްޓަކައެވެ. "ފަހެ ކަލޭގެފާނުގެ އައު އަނބިކަބަލުން ކަލޭގެފާނަށް ކިހިނެތް ހެއްޔެވެ؟ ﷲ ކަލޭގެފާނަށްޓަކައި އެކަމަނާއަށް ބަރަކާތް ލައްވާށިއެވެ"، މިފަދައިން އެ އަނބިކަނބަލުންތައް އެކަލޭގެފާނަށް ވިދާޅުވީ އެކަލޭގެފަށް އޯގާތެރިވުމުގެ ގޮތުންނެވެ. އަދި އެފަދަ ވަގުތުތަކުގައި، އައު އަނބިކަނބަލެއް ޢާއިލާއަށް އަންނަ ހިނދު މިފަދަ ބަސްފުޅުތައް އެކަނބަލުންގެ ކިބައިން ފާޅުވެގެން ދިއުމުން ދަލީލުކޮށްދެނީ އެކަނބަލުންގެ ވިސްނުންފުޅު ތޫނުކަމާއި، ކެތްތެރިކަމާއި، އުޅުން ރަނގަޅުކަމެވެ". المفهم 13-15 للقرطبي. 

އަދި އޭގެ އިތުރުން، އެކަނބަލުންގެ އަޚްލާޤު ރަނގަޅުކަމާއި، ހިތް ސާފުކަމާއި، ނަފުރަތްތެރިކަމެއް ނެތްކަމާއި، ހިތުގެ ތަނަވަސްކަން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ. 

ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން