އެކުވެރިން ކިތަންމެ މުހިންމު ނަމަވެސް ނަމާދަށްވުރެ މުހިންމުކުރާނަމަ އެކަންވާނީ ލިބިގަނެވޭ އެންމެ ބޮޑު ދެރައަށް! މިކަންކަމަށް ރަނގަޅަށް ނުވިސްނައިފިނަމަ އާޚިރަތެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެކުވެރިން ކިތަންމެ މުހިންމު ނަމަވެސް
ނަމާދަށްވުރެ މުހިންމުކުރާނަމަ އެކަންވާނީ ލިބިގަނެވޭ އެންމެ ބޮޑު ދެރައަށް!
މިކަންކަމަށް ރަނގަޅަށް ނުވިސްނައިފިނަމަ އާޚިރަތެއް ނުލިބޭނެ!

 

ދުނިޔެވެސް އަދި އާޚިރަތް ލިބުން އެދިގެންވެސް

އެންމެ ބޮޑު ސަމާލުކަމެއް ދޭން އޮތީ ކޮންކަމަކަށްކަން އެނގޭއިރުވެސް ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވެނީ އެކަމަށެވެ. އެއީ ނަމާދެވެ. އެހެންކަމުން އަހުރެން މިދައްކާ ވާހަކަކޮޅަށް ނިކަން ރަނގަޅަށް ވިސްނައިލަބަލާށެވެ!   

މިހާރަކަށް އައިސް އެކުވެރިންގެ ގޮތުގައި ޖަމާޢަތުގައި ނަމާދުނުކުރާ މީހުން ގެންގުޅުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. އެއީ ގިނަ ބައަކު އެއްވެސް ވަރަކަށް ސަމާލުކަންދޭ ކަމަކަށްވެސް ނުވެއެވެ.  ނަމަވެސް އެކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. އަހުރެންގެ ވިސްނުމުގައި އެންމެ ނުރައްކާތެރި ކަންތަކެވެ.

ފުރަތަމަ ސަބަބަކީ ޖަމާޢަތުގައި ނަމާދުނުކުރާ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅޭނަމަ އެމީހަކަށް ޖަމާޢަތުގައި ނަމާދުކުރުން ވާނީ ވަރަށް ދަތި އުނދަގޫކަމަކަށެވެ. އެއީ އެމީހުން ކަންކަން ތާވަލުކުރާނީ ނަމާދުވަގުތަކަށް ބަލައިގެނެއް ނޫނެވެ. ވީމާ ބަންގިއަށް ސަމާލުކަމެއް ނުދޭނެއެވެ. ފަހުން ކޮށްލަން ނަމާދު ބާއްވާނީއެވެ. އަދި ގިނަ ފަހަރު އޮންނާނީ ފަހުން ނުކުރެވިފައެވެ. ދާދި ކުރުމުއްދަތެއްގެ ތެރޭގައި އެމީހާވެސް އޮންނާނީ ޖަމާޢަތުގައި ނަމާދުނުކުރާ މީހަކަށްވެވިފައެވެ.  

ހަމަ އެއާއިއެކު ގޭގައި ތިބޭ އަންހެނުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ނަމާދުވަގުތު ޖެހުމުން ވީހާ އަވަހަކަށް ނަމާދުކުރަން ސަމާލުކަން ނުދޭ އަންހެނުންނާއި ގުޅުން ބާއްވާނަމަ އެފަދަ އަންހެނުން ނަމާދު ވަގުތުޖެހިގެންދާއިރުވެސް ބޭކާރު ވާހަކަދައްކަން ތިބޭނެއެވެ. ތިމާއަށްވެސް ޖެހޭނީ އެމީހުންނާއިއެކު އިންނާށެވެ.

އަންހެނުން ގޭގައި ނަމާދުކުރުމަކީ ވަގުތު ޖެހުމުން ނަމާދުނުކުރަން އޮތް އުޒުރެއް ނޫނެވެ. ނަމާދުކުރުން ލަސްކުރަންވާނީ ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން މަޖުބޫރުވާ ޙާލަތުގައެވެ. ނޫންނަމަ އޮތީ ނަމާދުކުރުމަށް އަވަސްވެގަތުމެވެ.  

ނަމާދު ޤާއިމުކުރާ މީހަކަށްވެވޭނީ ފަރުޟު 5 ނަމާދު ބަރާބަރަށް ކުރުމުންނެވެ. އަދި ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަނެގެންނެވެ. ވީމާ ފިރިހެނުންވެސް އަދި އަންހެނުންވެސް މިދެއްކި ވާހަކަތަކަށް ސަމާލުކަން ދޭށެވެ. ނަމާދު އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކުރަން މަސައްކަތްކުރާ މީހަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ!

ނޫންނަމަ ޕޮއިންޓް ކާޑުން ޕޮއިންޓް ކެނޑިހުސްވާ އުޞޫލުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ޕޮއިންޓްތައް ކެނޑިހުސްވެދާނެއެވެ. އާޚިރަތްދުވަހު ނަމާދުން ފޭލްވެއްޖެ މީހަކު ދެންކުރި ހުރިހާ ޢަމަލުތަކެއްވެސް ފޭލްވެގެންދާނެކަން އެނގެން އޮތުމުން އެއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް ކަމުގައިވާތީ މިވާހަކަ ގިނަގިނައިން ދައްކަންޖެހެނީއެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން