ސަރުކާރުގެ ސިޔާސަތަކީ ފަންނުވެރިންގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ދާއިރާގެ ކުރިމަގު ބައްޓަންކޮށް، ކުރިއަށް ދިޔުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ސަރުކާރުގެ ސިޔާސަތަކީ ފަންނުވެރިންގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ދާއިރާގެ ކުރިމަގު ބައްޓަންކޮށް، ކުރިއަށް ދިޔުން: ވަޒީރު

ސަރުކާރުގެ ސިޔާސަތަކީ ފަންނުވެރިންގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ދާއިރާގެ ކުރިމަގު ބައްޓަންކޮށް، ކުރިއަށް ދިޔުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ތަރިކަވެރިންގެ އަޑު" މި ނަމުގައި ބޭއްވި ޚާއްޞަ ބައްދަލުވުމަށްފަހު މީޑިއާއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރުމުގައި ދާއިރާގެ މާހިރުންނާއި ފަންނުވެރިންގެ ބައިވެރިވުން ހޯދުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެކެވެ.

"ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންގެ އަޑުއަހައިގެން ދާއިރާގެ ފަންނުވެރި ބޭބޭފުޅުން ދައްކަވާ ވާހަކަތަކާއި ދެއްވާ އިރުޝާދާ ޚިޔާލުވެސް އަޑު އައްސައިވައިގެން ކުރިއަށްދިޔުން،" ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަންނުވެރި ބޭފުޅުން ވިދާޅުވާ ވާހަކަތައް އަޑުއަހައިގެން، އެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއާއެކު ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. މިއީ ދާއިރާގެ ކުރިމަގު ހަރުދަނާ ގޮތެއްގައި ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން