އަނބިމީހާގެ ރުހުމުގަ ދެވަނަ އަންތބަކު ހޯދުމުގެ ފުރުޞަތު ބޮޑުވަނީ އަނބިމީހާއަށް ހެޔޮކޮށްހިތާ ފިރިންނަށް!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަނބިމީހާގެ ރުހުމުގަ ދެވަނަ އަންތބަކު ހޯދުމުގެ ފުރުޞަތު ބޮޑުވަނީ އަނބިމީހާއަށް ހެޔޮކޮށްހިތާ ފިރިންނަށް!: ދިރާސާ

ބައެއް މީހުން ލޯބިވެރިޔަކާއި ގުޅެން ބޭނުންވުމުން ނުވަތަ އެހެން އަންހެނަކަށް ސަމާލުކަން ދެވެން ފެށުމުން އަނބިމީހާއާއިމެދު ފަރުވާކުޑަކުރެއެވެ. އަޅައިލުން ކުޑަކުރެއެވެ. އަދި އިހާނެތި ގޮތްގޮތަށްވެސް ކަންކަން ކުރެއެވެ.  

މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. އެކަންކަން ކުރީމާ އަނބިމީހާއަށް އަސަރުކުރާނެއެވެ. ހިތްދަތިވާނެއެވެ. އެއުޅެނީ ވަރިކޮށްލަންކަން ވިސްނި ރުޅިގަދަވާނެއެވެ. ދެންވާގޮތަކީ ދެވަނަ ކައިވެނިކުރަން ހުއްދައަށް އެދުމުން އެކަމަށް އެއްބަސް ނުވެވެނީއެވެ. އެއީ އެކައިވެނިކުރުމަށްފަހު ތިމާއާއިމެދު ކަންކަންކުރާނީ ވަރަށް ގޯސްކޮށްކަމަށް ވިސްނޭތީއެވެ.  

މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭގޮތުގައި އަނބިމީހާގެ ރުހުމުގަ ދެވަނަ އަންތބަކު ހޯދުމުގެ ފުރުޞަތު ބޮޑުވަނީ އަނބިމީހާއަށް ހެޔޮކޮށްހިތާ ފިރިންނަށެވެ. ލޯބިދީ އަޅައިލާ ފިރިންނަށެވެ. ލިބޭ މިންވަރުން ޚަރަދުކުރާ ފިރިންނަށެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ދެވަނަ ކައިވެނިކުރިނަމަވެސް ތިމާ ނިކަމެތިކޮށް ބާކީނުކުރާނެކަމުގެ ޔަޤީންކަން އޮންނާތީއެވެ.  

އަހުރެންވެސް އެއްބަސްވަމެވެ. ދެވަނަ އަންތބަކު ހޯދަން އަނބިމީހާގެ ހުއްދަ ކޮންމެހެން ބޭނުމެއް ނުވާނެއެވެ. މައްސަލައަކަށްވަނީ ހުއްދަ ބޭނުންވުމާއި ނުވުމެއް ނޫނެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމަ ދަރިންގެ މަންމައާއި ވަކިވާންނުޖެހުމެވެ.  

ބުނަންހެއްޔެވެ؟ އަނބިމީހާ ދެކެ ލޯބިނުވިޔަސް، ދަރިން ދެކެ ލޯބިވާ ބައްޕައަކު ދަރިންގެ މަންމަ ނިކަމެއްޗެއް ނުކުރާނެއެވެ. އޭނާގެ ކިބައިން ބޮޑެތި ކުށްތަކެއް ނުފެންނަނަމަ ދޫކޮށެއްވެސް ނުލާނެއެވެ. ދޫކޮށްނުލައި ބެއިންދޭނީ އޭނާގެ ރުހުމުގައި ދެވަނަ އަންތބަކު ހޯދިގެންނެވެ.  

ރަނގަޅަށް ވިސްނާށެވެ! އިތުރު އަންތބަކު ހޯދަން ރުހޭނީ ވަރަށް މަދު އަންހެނެކެވެ. ވީމާ އެކަމަށް އަނބިމިހާ ނުރުހުނަސް އޭނާދެކެ ރުޅިއައުމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން