ހުޅުމާލެ ފޭސް 2 ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ހަދަނީ: އާންމުންގެ ހިޔާލަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހުޅުމާލެ ފޭސް 2 ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ހަދަނީ: އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލެ ފޭސް 2 ގައި ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމުތަކާއެކު އާޓިފިޝަލް ސްވިމިންގ ސަރަހައްދަކާއި، މަސްބާނާނެ ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި، އެކަމަށް އާންމުންގެ ހިޔާލު ހޯދަން ފަށައިފިއެވެ.

މި މަޝްރޫއުގެ ތިމާވެއްޓަށް ކުރާނެ އަސަރުތައް ވަޒަންކުރާ އީއައިއޭ ރިޕޯޓު ތައްޔާރުކުރުމަށްޓަކައި ބޭނުންވާ މުހިންމު މައުލޫމާތާއި އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން ހާއްސަ ސަރވޭއެއް މިހާރު ވަނީ ކުރިއަށް ދާން ފަށާފައެވެ.

މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ މުހިންމު ވަސީލަތްތައް:

މޫދަށް އެރޭ ސަރަހައްދު: މި ސަރަހައްދު ތަރައްގީކުރެވެނީ ފްލޯޓިންގ ޕޮންޓޫން އާއި، އައުޓްޑޯރ ފެންވަރާ ތަންތަނުގެ އިތުރުން އެންމެންނަށްވެސް ފަސޭހައިން މޫދަށް ފޭބޭނެ ފަދަ ރޭމްޕަކާއެކުގައެވެ.

މަސްބާނާ ސަރަހައްދު: މަސްވެރިކަމަށާއި ދަމާޝީއަށް ހާއްސަކޮށްގެން ހަދާ މި ސަރަހައްދުގައި ކޮންކްރީޓް ޑެކަކާއި، ހިނގާލެވޭނެ ފަދަ ވޯކްވޭއެއްގެ އިތުރުން އިށީންނާނެ ބެންޗުތަކާއި މަސްކަނޑަން ހާއްސަ އިންތިޒާމުތައް ގާއިމުކުރެވިގެންދާނެއެވެ.

މި މަޝްރޫއަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށާއި އެކި ބޭނުންތަކަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިޖުތިމާއީ އަދި އާއިލީ އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މިއަދު އޮންލައިން