އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަގަށް ނެގި ފައިސާ ހޯއްދަވަން އިންތިޚާބީ ކެންޑިޑޭޓް ކުރައްވާނެކަމެއް އޮޅުން ފިލުއްވަން ރައީސް ޔާމީން އެހައި ބޮޑަށް ބޭނުންފުޅުވީ ކީއްވެ؟

ވަގަށް ނެގި ފައިސާ ހޯއްދަވަން އިންތިޚާބީ ކެންޑިޑޭޓް ކުރައްވާނެކަމެއް އޮޅުން ފިލުއްވަން ރައީސް ޔާމީން އެހައި ބޮޑަށް ބޭނުންފުޅުވީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

އިންތިޚާބީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވުމުން މަރުޙަބާ ދަންނަވަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ބައެއް ވާހަކަފުޅުތައް އިންތިޚާބީ ކެންޑިޑޭޓް މިއަދު ވަނީ މިވަގުތު އިދިކޮޅުގައި ތިބި މަޖިލިސް މެންބަރުންނާއި ހިއްޞާ ކުރައްވާފައެވެ.

އެއިގެ ތެރެއިން އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ވަގަށް ނަގާފައިވާ ރައްޔިތުންގެ ފައިސާ ހޯއްދަވަން އިންތިޚާބީ ކެންޑިޑޭޓް ކުރައްވާނެ ކަމެކެވެ.

"ރައީސް ޔާމީން އެއްސެވި ކަމަށް ވަނީ އިބޫ އެ ފައިސާ ހޯއްދަވާނީ ކިހިނެއްހޭ؟ ތިމަން މަނިކުފާނަށް ވެސް އެ ފައިސާ ނުހޯއްދެވުނުއިރު އިބޫ ހޯއްދަވާނެ ގޮތަކީ ކޮބައިހޭ؟ އަދި ވިދާޅުވި ކަމަށް ވަނީ (ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު) އަދީބު އެ ފައިސާ ނުދެއްވާނެ ކަމަށް. އެ ފައިސާ ހޯދަން 10 މީހުންނާ އެކު އަދީބު ބޭރަށް ފޮނުއްވިއަސް ފިއްލަވާފާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވޭ،" މިހާރުނޫހަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވި ކަމަށްވެއެވެ.

ރާއްޖޭގައި ހިންގަމުން ގެންދާ ތަރައްޤީގެ ބިޔަ މަޝްރޫއުތައް އެބަހުއްޓެވެ. ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެންފިނަމަ ރައްޔިތުންނާއި ސީދާ ގުޅުންހުރި ބިޔަ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވައި ވެސް ރައީސް ޔާމީން ވަނީ ކެންޕޭނު ރެލީތަކުގައި ވާހަކަފުޅުދައްކަވައިފައެވެ. ހަމައެއާއިއެކު ރައީސް ޔާމީނުގެ ހުވަފެނީ ބިޔަ މަޝްރޫއު "ހުޅުމާލެ ފޭސް 2" މަޝްރޫއު ވެސް އަދި ހަމަ އޮތީއެވެ. ބްރިޖާއި ގުޅުވައިގެން ހިންގަން ސޮއިކޮށްފައިވާ ރައްޔިތުންގެ އަސާސީ ހައްޤުތަކާއި ގުޅޭ އެހެން މަޝްރޫއުތައް ވެސް ހަމަހުރީއެވެ. މާލެ އާއި ހުޅުމާލޭގެ ކަރަންޓާއި ބޯފެނުގެ މަޝްރޫއުވެސް އަދި އޮތީ ކުރިއަށް ގެންދިއުމުގެ މަރުހަލާގައެވެ. މުހިންމުކަން ބޮޑު މިފަދަ އެތައް މަޝްރޫއުތަކެވެ.

މިހާރުނޫހަށް މައުލޫމާތު ދެއްވި މެންބަރުންގެ ވާހަކަފުޅުން މިފަދަ އެއްވެސް ކަމަކާއިމެދު ވާހަކަފުޅު ދެއްކެވިކަން އެނގޭކަށް ނެތެވެ. އަދި މިއަދުނޫހުން ސުވާލުކުރުމުން ވެސް ބައެއް މެންބަރުން ވިދާޅުވެފައިވަނީ އެއްވެސް މަޝްރޫއަކާއި ބެހޭ އެއްވެސް މަޝްވަރާއެއް ކުރެވުނުކަމަށް އިންތިޚާބީ ކެންޑިޑޭޓް ވިދާޅުވެފައި ނުވާ ކަމަށެވެ.

އަދީބު އަތުގައި ހުރި ފައިސާއެއް ހޯދަން އަދީބު ރާއްޖެއިން ބޭރަށް ގެންދަން ޖެހެންވީ ސަބަބަކާއިމެދުވެސް ސުވާލު އުފެދެއެވެ. މިޒަމާނަކީ ފައިސާ ބަލައި ޤައުމުތަކަށް ދާންޖެހޭ ޒަމާނެއް ނޫނެވެ. އާންމު ގޮތެއްގައި ނަގުދުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލަނީ ވަގަށް ހިންގާ މުޢާމަލާތްތަކުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ލީމަން ज़ाހިރު 2018-09-25 23:52:02

އެމް އެމް އޭ ގައި ހުރި ފައިސާ ކޮޅު ރައްކާކުރެއްވުމަށް ސިފައިންނާއި ފުލުހުންނަށް އަދި އިންތިޚާބީ ރައީސް ގެ އަރިހުން އެދެން...<br /> <br /> މި ބޭފުޅު އޭތި ކޮޅު ބޭރުކުރުމަކީ އެކަށީގެންވާކަމެއް... ކޮންމެވެސް ރޮކެޓެއްޖައްސަފާނެ... ޓްރެޝަރީ ބިލް ވިއްކުމު ނަމުގައި


އަބްދުއްލަތީފް