ރައީސް މައުމޫން ރައީސް ޔާމީނަށް: ހިނިތުންވުމާއެކު ބަލި ޤަބޫލުކޮށް، ވަޑައިގަންނަވާ!
ރައީސް މައުމޫން ރައީސް ޔާމީނަށް: ހިނިތުންވުމާއެކު ބަލި ޤަބޫލުކޮށް، ވަޑައިގަންނަވާ!
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
ހުރިހާ ރައްޔިތުންގެ ހެވާ ލާބަޔަށްޓަކައި، ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނިންމި ނިންމުން ޤަބޫލުފުޅު ކުރައްވާ ރީއްޗަށް ވެރިކަމުން ފައިބައިވަޑައިގެންނެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުޙައްމަދު ސޯލިހާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި އެނިންމުން ހިންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސް މައުމޫން ހިމެނި ވަޑައިގަންނަވާ ކޯލިޝަން ތިބީ ދޫދޭ ގޮތަށް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ ނިންމުން އެގޮތުގެ މަތިން ދެމެހެއްޓުމަކީ މުޅި މުޅި ރައްޔިތުންގެ ވާޖިބެއް، މިހާރު ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުުގައި ހުންނެވި ބޭފުޅާގެ ވެސް ވާޖިބެއް. އަދި ސަލާމަތީ މުއައްސަސާތަކުގެ ވެސް ވާޖިބެއް. ރައްޔިތުންގެ ބަސް ސިފައިންނާއި ފުލުހުން ވެސް ދަމަހައްޓަން ޖެހޭނެ، އަޅުގަނޑުމެން އެންމެންނަކީ ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ތިބި ބައެއް" ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.
މިއަދު ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ، 2008 ވަނަ އަހަރު އެމަނިކުފާނަށް ނާކާމިޔާބީއާއި ކުރިމަތިވި ގޮތާއިމެދު ވެސް ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ރައީސް މައުމޫން ވިދާޅުވީ އެއިންތިހާބުގެ ދެވަނަ ބުރުގައި 46 އިންސައްތަ އެމަނިކުފާނަށް ވަގުތީ ނަރީޖާއިން ލިބުމުން، އަރިހުގައި ތިއްބެވި ބޭފުޅުން ވޯޓު އަލުން ގުނުމަށް އެދިވަޑައިގަތުމަށް އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިނުގެންނެވީ، ޤައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ދާނެތީކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މަރިޔަމް ވަހީދާ
2 އޮކްޓޯބަރ 2018