އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީޕީއެމްގެ ގައުމީ ޖަލްސާގެ ކަންބޮޑުވުންތައް ރައީސް މައުމޫން އީސީ އަށް ހުށަހަޅުއްވައިފި

ޕީޕީއެމްގެ ގައުމީ ޖަލްސާގެ ކަންބޮޑުވުންތައް ރައީސް މައުމޫން އީސީ އަށް ހުށަހަޅުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ޕީޕީއެމް އިން ސެޕްޓެމްބަރު 28 ގައި ބޭއްވި އެ ޕަޓީގެ ގައުމީ ޖަލްސާ އާއި ގުޅޭ ކަންބޮޑުވުންތައް ޕީޕީއެމް ގެ ކުރިގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފަށް ރައިސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދާއި އިންތިޚާބުތަކާ ބެހޭ ގަވާއިދުތަކާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިނުވާނަމަ ދެން ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށާއި، އެހެންނަމަވެސް، ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލްއަކީ އަސާސީ ޤަވާއިދުގެ ދަށުން ސައްޙަ ކައުންސިލްއެއް ނޫން ކަމަށްވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއލުމުގެ ދަށުން ކަމަށްވާއިރު، ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް އަސާސީ ޤަވާއިދާ ޚިލާފަށް ވަނީ ކަނޑައަޅާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އަދި އެ ގައުމީ ޖަލްސާ ބޭއްވީ 2013 ގައި ބޭއްވި ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ އިންތިހާބީ ކޮމިޓީގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށާއި ޖަލްސާއަކީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ކުރިއަށްގެންދާ ޖަލްސާއެއް ކަމުން ޕާޓީގެ ގިނަ ގޮފިތަކެއްގެ ރައީސުންގެ ޝަކުވާ ވަނީ އިންތިޚާބު ކޮމިޓީއަށް ލިބިފައި ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ޕާޓީ އެތެރޭގައި ބާއްވާ އެންމެހާ އިންތިހާބުތައް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބު ކޮމިޓީން ކަމަށާއި، ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން އާންމު ގޮފިތަކާއި، ޕާޓީގެ އެހެނިހެން ގުނަވަންތަކާއި، އާންމު މެންބަރުންގެ ފަރާތުން ޤައުމީ ޖަލްސާ ގައި ބަހުސް ކުރުމަށް ހުށަހަޅާ ހުށަހެޅުންތަށް ޖަލްސާގައި އެޖެންޑާ ކުރުމަށް ކައުންސިލްއަށް ފޮނުވުމާއި، ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާ ބެހޭ ޤަވާއިދުގެ 2 ވަނަ މާއްދާގައިވާގޮތުން މަޤާމުތަކަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަކީ އިންތިޚާބު ކޮމިޓީގެ ބެލުމުގެދަށުން ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާއިރު މިފަދަ އެއްވެސް ކަމެއްގައި އިންތިހާބު ކޮމިޓީ މެމްބަރުން ބައިވެރިކޮށްފައިނުވާތީ، ކުރިއަށްދިޔަ ޤައުމީ ޖަލްސާ އަދި ޖަލްސާގައި މަގާމު ތަކަށް އިންތިހާބު ކުރާ މީހުންގެ ސައްޚަ ކަމެއް ނޯންނާނެ ކަމުގައި ދެކޭކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އޭގެއިތުރުން ގައުމީ ޖަލްސާގައި ޕާޓިގެ ގިނަ މަގާމުތަކަކަށް އެތައް ބަޔަކު އިންތިހާބު ވެގެން ދިޔައިރު އެފަދަ އިންތިހާބެއް އޮންނާނެ ކަމެއް ކުރިން އިއުލާން ކުރެވިފައި ނުވުމާ އެކު މުހިންމު މަގާމުތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތު ގެއްލި މަގާމު ލިބުމުގެ ފުރުސަތު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށް ގެއްލިފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު