ކޯލިޝަނުގެ ވެރިކަމުގައި ޙައްޤު ނޫން އަދަބެއް ނުލިބޭނެ- ޙައްޤު އަދަބު ލިބޭނެ: ރައީސް މައުމޫން
ކޯލިޝަނުގެ ވެރިކަމުގައި ޙައްޤު ނޫން އަދަބެއް ނުލިބޭނެ- ޙައްޤު އަދަބު ލިބޭނެ: ރައީސް މައުމޫން
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު
އަންނަ ނޮވެމަބަރު މަހު ރާއްޖޭގައި ޤާއިމުކުރެވޭ ކޯލިޝަނުގެ ވެރިކަމުގައި ޙައްޤު ނޫން އަދަބެއް އެއްވެސް މީހަކަށް ނުލިބޭނެ ކަމަށާއި އަދއބު ލިބެން ޖެހޭ އެންމެންނަށްވެސް އަދަބު ދެވޭނެ ކަމަށް ރައީސް މައުމޫން ޢަބްދުލްޤަޔޫމް ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމް އާއި ބައްދަލުކުރެއްވުމަށް ރައީސް މައުމޫނުގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވެވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ކޮންމެ ސަރުކާރެއްގެ ވެސް މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ އިންޞާފުން ކަންކަން ކޮށް ކުށްކުރާ މީހުންނަށް އަދަބު ދިނުން ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ޢަމަލުކުރަނީ އެ އުޞޫލުން ނޫން ކަމަށާއި އެއްވެސް ކުށެއް ނުކުރާ މީހުން ވެސް ހަޔަރުކޮށް ގެނަދަނީ ޖަލުގައި ބަންދުކުރަމުން ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި ޤާނޫނުތަކާއި ޚިލާފަށް އަދި ޝަރުޢީ ނިޒާމުން ބޭރުން އެއްވެސް އަނިޔާއެއްވެސް ނުލިބޭނެ ކަމަށެވެ. ހަމައެއާއިއެކު ރައްޔިތުންގެ މަޖިލީހާއި ޖޫޑިޝަރީ އާއި މިނިވަން މުވައްސަސާތަކަށް މިނިވަންކަމާއިއެކު މަސައްކަތް ކުރުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
3 އޮކްޓޯބަރ 2018