ޕީޕީއެމްގެ ޤަވާއިދާ އެއްގޮތަށް މެންބަރުން އިންތިޚާބު ކޮށްފައިހުރި ރައީސަކީ އަދިވެސް އަޅުގަނޑު: ރައީސް މައުމޫން

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޕީޕީއެމްގެ ޤަވާއިދާ އެއްގޮތަށް މެންބަރުން އިންތިޚާބު ކޮށްފައިހުރި ރައީސަކީ އަދިވެސް އަޅުގަނޑު: ރައީސް މައުމޫން

ޕީޕީއެމްގެ ހިންގާ ޤަވާއިދާއި އެއްގޮތަށް މެންބަރުން އިންތިޚާބު ކޮށްފައިހުރި ރައީސަކީ އަދިވެސް އަޅުގަނޑު" ކަމަށް ރައީސް މައުމޫން މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ނައިބް ރައީސް ފައިޞަލް ންސީމް އާއި ބައްދަލުކުރެއްވުމަށް ރައީސް މައުމޫނުގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވެވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި ކޯޓުތަކުގައި ޕީޕީއެމްގެ މައްސަލަތައް ހުރުމުން ކަންކަން ނިމިގެންދާނ ގޮތް ވިދާޅުވަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އިންތިޚާބެއް ކަމަށް ބުނެ އިހައްދުވަހު ބޭއްވި އިންތިޚާބަކީ ޞައްޙަ އިންތިޚާބަކަށް ނުވާނެ. ކޮންގްރެސް ބާއްވަން ޖެހޭނީ ޕާޓީގެ ގޮފިތަކުން ޢައްޔަނުކުރާ މަންދޫބުން ބައިވެރިކޮށްގެން. އެނޫން ގޮތަކަށް ކަންކަން ކުރީމާ އެއީ ޕީޕީއެމްގެ ޤަވާއިދާއި އެއްގޮތަށް ކުރި ކަމަކަށް ނުވާނެ" ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ޕީޕީއެމުގެ ނަމުގައި މިދިއަ ހުކުރު ދުވަހު ވަނީ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ރައީސަކަށް ރައީސް ޔާމީން ހޮވައިފައެވެ. ވޯޓުނެގީ އަތް އުފުލައިގެންނެވެ. ނައިބް ރައީސުން ހޮވީ ސިއްރު ވޯޓަކުންނެވެ.،
މިއަދު އޮންލައިން