އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫން އާއި ޤާސިމް ބައްދަލު ކުރައްވައިފި!

ރައީސް މައުމޫން އާއި ޤާސިމް ބައްދަލު ކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، އާއި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފިއެވެ.

ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ރައީސް މައުމޫންއާ މަޝްވަރާ ކުރެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މި ފަސް އަހަރު ރައްޔިތުންނަށް ބިރުދައްކައި އަނިޔާވެރިވި ގޮތަށް، އިންތިޚާބުގެ ނަތީޖާ ވެސް ގަބޫލުނުކޮށް، އޮޅުވާލުންގަނޑެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެކަން ދުނިޔެ ވެސް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ވޯޓުލީ އެންމެންގެ ހާޒިރުގައި ކަމަށާއި އިލެކްޝަންސް ކޮމިޝަންއިން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް އޭގެ ހަފްތާއެއް ފަހުން ދާއިމީ ނަތީޖާ ވެސް އިއުލާންކޮށް ނިންމި އިރު ވެސް އެއްވެސް މައްސަލައެއް ވެސް ނުޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވެ ގާސިމް އިބްރާހިމް ވަނީ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސް ފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގެން، އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

ގާސިމް ރާއްޖެ ވަޑައިގެންފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ކޯޓުން ހުކުމް ކުރުމުންނެވެ. ގާސިމްގެ އިތުރުން، ރައީސް މައުމޫން ވެސް ވަނީ، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތަހުގީގަށް އެއްބާރުލުން ނުދިން މައްސަލައިގެ އިއްވި ޖަލު ހުކުމުން، ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ.

ރައީސް މައުމޫނާއި ގާސިމް އިބްރާހިމް ވެސް ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. ދެބޭފުޅުން ވެސް ވަނީ ކޯލިޝަން ދެމެހެއްޓުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވައި އެކަން ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް