ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް އިނގިރޭސި ވިލާތުން އެހީވުމަށް ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީސް މިނިސްޓަރު މާކް ފީލްޑް ރާއްޖެ ވަޑައިގެން އިންތިހާބީ ރައީސް ސާލިހް އާއި މިއަދު ބައްދަލުކުރެއްވުމަށްފަހު އިންތިހާބީ ރައީސް ސާލިހްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ކެމްޕޭނުގެ އެއް ވައުދު ކަމުގައިވާ ދައުލަތުން ގެއްލި ނުވަތަ ވަގަށް ނަގާފައިވާ މުދަލާއި ފައިސާ ހޯދުމަށް އިނގިރޭސިވިލާތުން އެހީތެރިވުމަށްވެސް މަޝްވަރާ ކުރެވުނުކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މިފެށޭ ރިޔާސީ ދައުރުގައި ރާއްޖޭގެ ތިން ދާއިރާއެއް ހަރުދަނާކޮށް އިސްލާހް ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސަލާމަތީ ހިދުމަތާއި، މުއައްސަސާތަކާއި ޝަރުއީ ދާއިރާ ހަރުދަނާކޮށް އިސްކލާހް ކުރުން ހިމެނެއެވެ.