ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ނަރީޝް، އިންސްޓޯލްމަންޓަށް ނެގި ފޯނަކަށް ފައިސާ ނުދައްކައިގެން އެޕަލްގެ ރާއްޖޭގެ ޑިސްޓިރުބިއުޓާ، ސޮފްޓް ޓަޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭނާގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާއެއް ކޮށްފި އެވެ.
.
މަޢުލޫމާތު ލިބޭގޮތުން، ނަރީޝްގެ މައްޗަށް ކުރަނީ މަސައްކަތާއި މުދަލާއި ހިދުމަތުގެ އަގު ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްގެ ދައުވާ އެވެ. ސިވިލް ކޯޓްގެ ތާވަލްގައިވާ ގޮތުގައި، ނަރީޝްގެ މައްޗަށް އުފުލާފައިވާ އެ ދައުވާގެ މައްސަލަ ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:50 އަށެވެ.
މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
.
ނަރީޝްގެ މައްޗަށް މިފަދަ ދައުވާއެއް ކޮށްފައިވާއިރު، ޕީޕީއެމްއިން ބެއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، މިސާލެއް ޖެއްސެވުމަށް ގޮތުގައި ނަރީޝްގެ ނަން ރައީސް ބޭނުންކުރެއްވި ހަނދާން އާވެއެވެ.
''އެމީހަކު ބޭނުންވާ ކަމަކަށް ފައިސާ ނުލިބިއްޖިއްޔާ އެކަމަކު އެކަމަކީ ކުރަންޖެހޭ ކަމަކަށް ވެއްޖިއްޔާ، އާން މިއޮށް ގާލް ފްރޭންޑް ކަޓަނީ. އެހެން މީހަކު އެއޮށް އޮފާ ކުރަނީ މޯބައިލް ފޯނު. ދެން ނަރީޝްއަށް މަޖްބޫރު ވާނީ ކޮންކަމެއްތޯ؟ ނަރީޝްއަށް ކުރަން މަޖްބޫރުވަނީ ބެގް ބޮރޯ އޯ ސްޓީލް. ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން" އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.