ގޯތި ވިއްކަނީ އެޗްޑީސީ ހިންގަން ބޭނުންވާ ފައިސާ ހޯދަން ކަމަށްވާނަމަ އެނގެނީ ކުންފުނިތައް ބަނގުރޫޓުވެފައިވާ މިންވަރު: ޑރ. މަޢްޞޫމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ގޯތި ވިއްކަނީ އެޗްޑީސީ ހިންގަން ބޭނުންވާ ފައިސާ ހޯދަން ކަމަށްވާނަމަ އެނގެނީ ކުންފުނިތައް ބަނގުރޫޓުވެފައިވާ މިންވަރު: ޑރ. މަޢްޞޫމް
ކުއްލިއަކަށް ހުޅުމާލެ އިން ގޯތިތަކެއް ވިއްކަނީ އެޗްޑީސީ ހިންގަން ބޭނުންވާ ފައިސާ ހޯދަން ކަމަށްވާނަމަ އެނގެނީ ކުންފުނިތައް ބަނގުރޫޓުވެފައިވާ މިންވަރު ކަމަށް ޖޭޕީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ހުޅުމާލެއިން އަވަސް އަރުވާލައިގެން ގޯތިތަކެއް ވިއްކާ ސަބަބުތަކުގެ ތެރޭގައި އެޗްޑީސީގެ "ކޭޝްފްލޯ" މެނޭޖްކުރަން ބޭނުންވާ ފައިސާ ހޯދުން ހިމެނޭ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވުމުން އެޗްޑީސީގެ މާލީ ޙާލަތުވެސް ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ ކަމަށެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު ކުންފުނިތަކުގައާއި އޮފީސްތަކުގައި ހުރި ކޮންޕިޔުޓަރުތައް ވިއްކަމްޖެހޭ ހިސާބަށް މާލީ ޙާލަތު ގޮސްފައިވާނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ސަރުކާރުގެ މާލީ ޙާލަތު ރަނގަޅު ކަމަށްބުނެ އަޑުފަތުރަމުން ގެންދިއަ ނަމަވެސް ފެންނަމުން މިދާ ކަންކަމުގެ ސަބަބުން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ޑރ. މަޢްޞޫމް ވިދާޅުވިއެވެ.
މިއަދު އޮންލައިން