ކަފާލާތުގެ ދަށުން ގާޒީ ނިހާން މިނިވަނެއް ނުކުރި

ކިޔުމަށް ހޭދަވާނީ 53ސ
ކަފާލާތުގެ ދަށުން ގާޒީ ނިހާން މިނިވަނެއް ނުކުރި
ސައްޙަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރަހީނުކޮށް ހައްޔަރު ކުރަން އުޅުނު ކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން، ކަފާލާތުގެ ދަށުން ދޫކުރަށް އެދެމުން، ހައިކޯޓުން އޭނާ މިނިވަނެއް ނުކުރިއެވެ.

ގާޒީ ނިހާންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުމުގައި، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދިނުމަށް އެދެމުން ނިހާން ވިދާޅުވީ،ހައިކޯޓުގެ ޤަވާއިދުގެ ދަށުން އޭނާ ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ގާޒީ ނިހާން ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިނުވާއިރު، އެފަދައިން ފައިސާ ބެހެއްޓުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ދާދި ފަހުން މިނިވަން ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުން، ގާޒީ ނިހާންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
މިއަދު އޮންލައިން