މިފަދަ ބަސްފުޅެއް ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައި މިވަނީ ރައީސް ޔާމީނުގެ ކެންޕޭނަށް އެޗްޑީސީ އިން އެތައް މިލިއަން ރުފިޔާ ޚަރަދުކުރުމުގެ އިތުރުން ކުންފުނީގެ މުދަލާއި މުވައްޒިފުން ބޭނުންކުރި ކަމުގެ މައްސަލަތަކުގެ އަޑުތައް ގަދަވެފައިވާ ވަގުތެއްގައެވެ. އެކަންކަން އެޗްޑީސީ އިން ކުރަމުން ގެންދިއައިރުވެސް މީޑިއާތަކުން ގެންދިއައީ އެކަންކަން ރައްޔިތުންނާއި ކަމާއިބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަމުންނެވެ.
ހުޅުމާލޭގެ ފްލެޓްތައް ދޫކޮށްފައިވާ ގޮތް އަލުން ބެލުމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ގޮވާލައްވައިފައެވެ. ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ފްލެޓްތައް ބަހާފައިވާ ގޮތް އަލުން މުރާޖަޢާކޮށް އިންޞާފުވެރިކަމާއެކު އަލުން ބެހެންވާނެ." ކަމަށެވެ.
HDC "dhoveli" (According to Avas), meehunge milkiyyaathun ebai dhaulathah nagan jeheyne! adhi flat thah bahaafaivaa goi alun muraaja'aa koh insaafveri kamaa eku alun behen vaane!
— Ali Zaid (@alizaid1000) October 16, 2018