އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އަށް ޑިމޮކްރަސީ އިއާދަކުރުމުގައި އިންޑިއާއިން ރަނގަޅު ދައުރެއް އަދާކުރި: ރައީސް މައުމޫން

ރާއްޖެ އަށް ޑިމޮކްރަސީ އިއާދަކުރުމުގައި އިންޑިއާއިން ރަނގަޅު ދައުރެއް އަދާކުރި: ރައީސް މައުމޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ރާއްޖެ އަށް ޑިމޮކްރަސީ އިއާދަކުރުމުގައި އިންޑިއާއިން ރަނގަޅު ދައުރެއް އަދާކުރި ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ބޭސް ފަރުވާއަށް މިވަގުތު މެލޭޝިއާގައި ހުންނަވައި ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ އިއާދަކުރުމަށް އިންޑިއާ އިން މުހިއްމު ދައުރެއް އަދާކުރަމުންދާ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރުމަށް އިންޑިއާ އިން އެހެން ފަރާތްތަކާ ގުޅިގެން ބާރުއަޅާފައިވާ ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ހިނގާދިޔަ ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކުގައި ރާއްޖޭގެ މައްސަލަތައް ބައިނަލްއަގްވާމީ މައިދާނަށް ގެންގޮސް ރައީސް ޔާމީންގެ ސަރުކާރަށް ފިއްތުއްތައް ކުރިިމަތިކުރުމަށް އިންޑިއާ އިން މުހިއްމު މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ.

އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖޭގެ އާ ސަރުކާރުން ސަމާލުވެ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

މި އިންޓަވިއުގައި ރައީސް މައުމޫނު ވަނީ ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާއާ އެކު ބާއްވާ ގާތް ގުޅުމާ ބެހޭ ގޮތުން މައުމޫނު ވިދާޅުވީ މިގުޅުމުގެ ތެރެއިން ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރާ ދޭތެރޭ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ދަރަނީގެ މައްސަލަ އަލުން ދިރާސާކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު