އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގަ މެދުމިން ކަނޑައަޅާނީ ޤްރްއާން- އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން: ޑރ. ބިލާލް ފިލިޕްސް

އިސްލާމް ދީނުގަ މެދުމިން ކަނޑައަޅާނީ ޤްރްއާން- އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން: ޑރ. ބިލާލް ފިލިޕްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އިސްލާމް ދީނުގައި މެދުމިން ކަނޑައަޅާނީ ޤްރްއާނާއި ސުންނަތުންނެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

މީހުން އަމިއްލައަށް ދީނުގެ އިންތައް ކަނޑައަޅަން ފަށައިފިނަމަ އިންތައް ބަދަލުވެގެން ހިނގައިދާނެއެވެ. އެކި ޤައުމުތަކުގައި، އެކި މުޖުތަމައުގައި އިންތައް ކަނޑައަޅާނީ އެކި ގޮތަށެވެ. އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އިސްލާމް ދީނުގެ މިންތަކާއި އިންތައް އެދީނުގައި ވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރެވިފައެވެ.

ހައްދުފަހަނައަޅައި ދިއުމެއް ނެތެވެ. ކުރީގެ އުންމަތްތައް ހަލާކުވެގެން ދިއައީ ހައްދުފަހަނައަޅައި ދިއުމުންނެވެ. މެދުމިނުގެ މާނައަކީ ދީނުގެ ކަންކަން މެދުމިނުގައި ކުރުމެވެ. އެއިގެ މާނައަކީ ކޮންމެ ކަަމެއް އެންމެ ލުއި ގޮތުގައި ކުރުމެއް ވެސް ނޫނެވެ. އަދި ކޮންމެ ކަމެއް އެންމެ ބުރަ ގޮތުގައި ކުރުމެއްވެސް ނޫނެވެ.

އިސްލާމް ދީނުގައި ކަންކަން ކުރެވޭނެ އެންމެ ލުއި ގޮތްތައްވެސް ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުން ވަރަށް ރަނގަޅަށް ފެންނަން އެބައޮތެވެ. ލުއިކުރަންވެގެން އެއިން ބޭރުން ކަންކަމެއް ނުކުރެވޭނެއެވެ.

އިސްލާމް ދީނުގައި ޝަރީޢާ އެބައޮތެވެ. އެއަށް އުނި އިތުރެއްވެސް ނުގެނެވޭނެއެވެ. ދެން އޮތީ ޙަޤީޤާއެވެ. ޙަޤީޤާ އޮޅުންފިލުވަންޖެހޭނީ އެކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ މުސްލިމް ޢިލްމުވެރިންގެ އަރިއަހުންނެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ބުނެދެވޭނެ ކަންކަމެއް ނޫނެވެ.

ވީމާ ކޮންމެ ކަމެއްގައިވެސް ރަނގަޅު ގޮތް ހޯދަން މަސައްކަތްކުރަން ޖެހޭނެއެވެ. ޔަޤީންކުރަންޖެހޭނެއެވެ. ކީރިތި ޤްރްއާނާއި ސުންނަތުން މިފަދަ ހުރިހައި ކަންކަން ފެންނާނެއެވެ.

އިސްލާމް ދީނަކީ ކަންކަން ފޮރުވިގެންވާ ދީނެއް ނޫނެވެ. ހޯދައި ބެލުމުން ކޮންމެ މީހަކަށްވެސް ކަންކަން ހޯދޭނެ ދީނެވެ. އެންމެންނަށް ވެސް އޮތީ ހޯދައި އުނގެނުމެވެ. ކީރިތި ޤްރްއާނާއި ސުންނަތުންނެވެ.

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް