އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލައިލަތުލްޤަދްރް ވިލޭރޭ ޙާޞީލުކުރުމަށް ސާބިތު ނުވާ ބާޠިލް ކަންކަން ކުރުމުން ލިބޭ ގެއްލުން މާބޮޑުވެދާނެ!: މުފްތީ މެންކް

ލައިލަތުލްޤަދްރް ވިލޭރޭ ޙާޞީލުކުރުމަށް ސާބިތު ނުވާ ބާޠިލް ކަންކަން ކުރުމުން ލިބޭ ގެއްލުން މާބޮޑުވެދާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އެއްވެސް އަޅުކަމެއް އުފެއްދުމުގެ ބާރު އަދި އިޚްތިޔާރު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. ކޮންމެ ކަމެއްވެސް އަޅުކަމަކަށްވާނީ ޤުރްއާނާއި ސުންނަތުން ސާބިތުވުމުންނެވެ. 

ކަންމިފަދައިން އޮތް ނަމަވެސް ބައެއް މީހުން ލައިލަތުލްޤަދްރް ވިލޭރޭ ހާޞިލުކުރުމަށްޓަކައި މީސްމީހުން ބުނެގެން އެކިއެކި ކަންކަން ކުރެއެވެ. އެކި އަދަދުތަކުން އެއްޗެތި ކިޔަވައި ހަދައެވެ. އަދި މިހާރަކަށް އައިސް އެކި އަދަދުތަކުން އެބަ މެސެޖްވެސް ކުރެއެވެ. 

ކިތަންމެ ގާ ތް މީހަކު ބުނި ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އެއީ އުފައްދާފައި ހުރި ކަންކަމެވެ. ބިދުޢަ އެވެ. ކުރުމުން ދެއްވަވާނީ ޢަޛާބެވެ. 

ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަންނަން ޤުރްއާނާއި ސުންނަތުން ކުރަން ސާބިތުވެފައިވާ ޢަމަލުތައް ކުރާށެވެ! ނޫނީ މާފަސޭހައިން، ނުވަތަ މާމޮޅަށް ކަންކަން ކުރަން އުޅެން ހަދައިގެން ކުރިން ކުރި މަސައްކަތްކޮޅުވެސް ގެއްލިގެންހިނގައިދާނެއެވެ. 

ލައިލަތުލްޤަދަރް ވިލޭރެއަކީ ކޮން ރެއެއްކަން ދެނެގަންނަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއީ ނުއެނގޭނެތީއެވެ. އެނގޭނެ ވަރަކީ އެރޭ ވަނީ ފަހު ދިހައިގައިކަމެވެ. އަދި އޮނަހިރި ރެއެއް ކަމުގައިވުން ގާތްކަމެވެ. އަދި ފަހުދިހައިގެ ކުރީކޮޅުގައިވެސް ފަހުކޮޅުގައި ވުންވެސް ގާތްކަމެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް އެނގިގެންވާ ރެއެއް ނޫނެވެ! 

ޢައިޝަތުގެފާނުގެ އެދިވަޑައިގަތުމަށް ރަސޫލް (ﷺ) ވަނީ އެރޭ ކުރާނެ ދުޢާއެއް ބަޔާން ކުރައްވަވައިފައެވެ. އެ ދުޢާކުރުން ގިނަކުރާށެވެ! އަދި އެނޫންވެސް އެމީހަކު ކުރަން ބޭނުން ދުޢާއެއް ކުރާށެވެ! ކުރަންވީ ކަމަކީ ދުޢާކުރުން ގިނަކުރުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. ތައުބާވުން ގިނަކުރުމެވެ! ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުން ގިނަކުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް