އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންނަށް އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލަން ވެރިކަމުގަ ހުންނަވައިގެންވެސް ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވި!

ދިވެހިންނަށް އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލަން ވެރިކަމުގަ ހުންނަވައިގެންވެސް ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ދިވެހިންނަށް އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލަން ވެރިކަމުގަ ހުންނަވައިގެންވެސް ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވިއެވެ. 

އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ޤައުމީ މަންހަޖުގައި ހުރި އިސްލާމް ދީނާއި ނުގުޅޭ ކަންކަން، ޓެކްސްޓް ފޮތްތަކުގައި ނުބައި މައުލޫމާތު ލިޔެ ދަރިންނަށް ކިޔަވައިދިނުން، ބާރުގަދައީ ﷲ ތޯ އެމެރިކާގެ ރައީސްކަމާއިމެދު ދަރިވަރުންގެ ހިތްތަކުގައި ﷲ އާއިމެދު ޝައްކު އުފައްދުވަން މަސައްކަތްކުރެއްވުން ފަދަ އެތައް ކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ވަނީ ހިންގައިފައެވެ.

ފިރިހެނުން ޖުއްބާލީބާ ދޫނިދޫއަށް ގެންގޮސް ޖުއްބާ ބާލަން މަޖުުބޫރުކުރުމާ ޗިލީސޯސްލާފައި ތުނބުޅި ބޭލުވުންފަދަ ރަސޫލް ﷺ ގެ ސުންނަތަށް ގޮންޖަހައި އެތައް ގިނަ ކަންތައްތަކެއް ވަނީ ކުރުވައިފައެވެ. 

މީގެއިތުރުން އެންމެ ފައުޅުކަންބޮޑު ގޮތެއްގައި ހިންގެވި އެއް ޖަރީމާއަކީ އެމެރީކާގައި ފިރިހެނުން ފަހަތުގައިލައިގެން އިމާމްވެ ހުކުރުކުރާ ޝައިޠޯނީ އަންހެނާ ރާއްޖެގެނެސް އިސްލާމީ މަރުކަޒުގެ ޙުރުމަތް ކަނޑައި އޭނާގެ ޝައިޠޯނީ ވެކްސިން ދިވެހިންނަށް ދޭން މަސައްކަތްކުރެވުނު ކަމެވެ. 

ދޫނިދޫގައި ހިންގި ޖަރީމާތައް ހިންގެވީ ޑިފެންސްމިނިސްޓަރު މައުމޫން ޢަބްދުލްޤައްޔޫމް ކަމަށްވެ އެކަންކަން ރައީސް މައުމޫނަށް އެނގިވަޑައިގެންފައި ނެތް ނަމަވެސް ތައުލީމީ މަންހަޖާއި ދަރިވަރުން އިސްލާމް ދީނާ ދުރުކުރުވަން އީޑީސީން ނެރުނު ފޮތްތަކާއި ޝައިޠޯނީ އަންހެނާ ގެނެސް ވެކްސިންދޭން އުޅުން ފަދަ އިސްލާމް ދީނަށް ގެއްލުންދޭން ފައުޅުގައި ކުރެވުނު ކަންކަން ކަންކަން ހިނގައިދިއައީ ރައީސް މައުމޫނުގެ ކުރިފުޅުމަތީގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް