އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެއަށް ހޯދާ ކާބޯތަކެތި އަމިއްލައަށް ކައްކައި އަނބިދަރިންނަށް ކާންދިނުމަކީވެސް ޘަވާބުދެއްވަވާނެ އަޅުކަމެކެވެ!

ގެއަށް ހޯދާ ކާބޯތަކެތި އަމިއްލައަށް ކައްކައި އަނބިދަރިންނަށް ކާންދިނުމަކީވެސް ޘަވާބުދެއްވަވާނެ އަޅުކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އަނބިދަރިންނަށް ބޭނުންވާ ކާބޯތަކެތި އެމީހެއްގެ ފެންވަރުން ހޯދައި ގެއަށް ވެއްދުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއްގެ އިތުރުން އެއީވެސް ޘަވާބުދެއްވަވާނެ އަޅުކަމެކެވެ. އެކަން އެނގެނީ އަނބިމީހާގެ އަނގައަށް ލަވައިދޭ ސުވަލަކީވެސް ޞަދަޤާތެއްކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ.

Narrated Sa'd bin Abi Waqqas: Allah's Messenger (ﷺ) said,

"You will be rewarded for whatever you spend for Allah's sake even if it were a morsel which you put in your wife's mouth."

Saheeh Bukhari: Book 2, Hadhees 49

މި ޙަދިޘްފުޅުގެ ސަރަހައިގައި ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އަނގައަށް ލަވައިދިނުމުގެ މާނައަކީ ގެއަށް ބޭނުންވާ ކާބޯތަކެތި އެމީހެއްގެ ފެންވަރުން ހޯދައިދިނުމެވެ. ވީމާ ލިބޭ އާމްދަނީ ބޭނުންކުރަންވާނީ ހެޔޮގޮތުގައެވެ. ރައްޓެހިންނާއިއެކު ރެސްޓޯރަންޓްތަކުން ކައިބޮއި މަޖާކުރަން ޚަރަދުކުރަންވާނީ އަނބިދަރިންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދިނުމަށްފަހުގައި އަތުގައި ފައިސާހުރިނަމައެވެ.

ޢާއިލާއަށް ބޭނުންވާ ކާބޯތަކެތި ހޯދައިދީފައި ފުއްދައިނުލާށެވެ! އަމިއްލައަށް ކައްކައި ޢާއިލާއަށް ކާންދިނުމަކީވެސް އަޅުކަމެކެވެ. އެކަން ހިމެނިގެންދާނީ އަނބިމީހާއަށް ލުއިކޮށްދީ އެހީތެރިވމުގެ ތެރޭގައެވެ. އަނބިމީހާއަށް އަޅުކަންކުރާނެ ވަގުތު ލިބޭނީ އޭނާއަށް މަސައްކަތް ލުއިކޮށްދިންވަރަކުންނެވެ. އެއީ ފިރިމީހާގެ މައްޗަށް ވާޖިބުކަމެކެވެ.

ކައިވެންޏަށްފަހު ދެމަފިރިންގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބަކީ އާޚިރަތް ޙާޞިލުކުރަން އެކުގައި ގަދައަޅައި މަސައްކަތްކުރުމެވެ. ވީމާ ވީހައި ގިނަ ޘަވާބު ހޯދަން ދެމަފިރިންވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ދުނިޔޭގެ ޙަޔާތުގައި ކޮންމެވެސް ދުވަހަކުން ދެމަފިރިން ވަކިވެގެންދާނެއެވެ. ދާއިމަށް އެކުގައި ތިބެވޭނީ ދެމަފިރިމންނަށް އެކުގައި ސުވަރުގެ ވަދެވިއްޖެނަމައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް