އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޑީކޭ ހޮސްޕިޓަލަށް ލިބޭ އެހީތެރިކަން ޚިދުމަތް ހޯދާ މީހުންނަށް ފޯރުކޮށްދޭނެ!: ނާޝިދު

އޭޑީކޭ ހޮސްޕިޓަލަށް ލިބޭ އެހީތެރިކަން ޚިދުމަތް ހޯދާ މީހުންނަށް ފޯރުކޮށްދޭނެ!: ނާޝިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އޭޑީކޭ ހޮސްޕިޓަލަށް އެއްވެސް ފަރާތަކުން އެހީތެރިކަން ލިބިއްޖެނަމަ ޚިދުމަތް ހޯދަން އަންނަ މީހުންނަށް އެކަމަކުން ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭޑީކޭ ގްރޫޕުގެ ޗެއާމަން އަޙްމަދު ނާޝިދު ވިދާޅުވެއްޖެއެވެ. 

އަޙްމަދު ނާޝިދު މިމޭރުމުން ޗައިނާ ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ހަދިޔާކުރި ޕީސީއާރު މެޝިނާއި ޓެސްޓް ކިޓްތައް ހޮސްޕިޓަލާއި ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. 

ނާޝިދު ވިދާޅުވީ ޗައިނާއިން މިލިބުނު އެހީތެރިކަމުން ޕީސީއާރު ޓެސްޓްތައް ހެދުމުގެ އަގަށް ގެނެވޭނެ ލުޔެއް ބެލުމަށްފަހު އަގަށް އެބަދަލެއް ގެންނާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އަދި ޚިދުމްތަ ހޯދާ ބިދޭސީންނަށާއި ދިވެހިންނަށްވެސް އެކަމުން ފައިދާކުރާނެ ކަމަށެވެ. 

ނާޝިދު ވިދާޅުވީ ސަރުކާރުތަކުން ދޭ މިފަދަ އެހީތެރިކަން އަމިއްލަ ފަރާތްތަކަށް ލިބުމުގައި ދަތިތަކެއް ހުންނަކަން ފާހަގަކުރައްވާ ކަމަށާއި ޗައިނާގެ މިފަދަ އެހީތެރިކަމެއް އޭޑީކޭ ހޮސްޕިޓަލަށް ލިބުމުން އެކަމަށް އުފާކުރައްވާ ކަމަށެވެ. 

ޗައިނާގެ ބޯޑަރު ހުޅުވާލަން މަސައްކަތްކުރަމުން އަންނަ ދުވަސްވަރެއްގައި މިފަދަ އެހީތެރިކަމެއް ލިބުނުކަމަށްޓަކައި އުފާކުރައްވާކަމަށްވިދާޅުވެ ޗައިނާ ސަރުކާރަށް ނާޝިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް