އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 14 މިނެޓް, 14 ސިކުންތު
ޢަމަލުތައް ގަބޫލުކުރެއްވުން ބިނާވެފައިވަނީ އިޚްލާޞްތެރިކަމާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަބިއްޔާ އަށް އަންގަވާފައިވަނީ އަޅުކަންތަކުގައި އިޚްލާޞްތެރިވުމަށެވެ. އުންމަތަށް އިޚްލާޞްތެރިކަން ދަސްކޮށްދެއްވުމުގެ ގޮތުންނެވެ.
ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (قلْإنِّيأُمرتُأنْأعبُدَاللهَمُخلِصاًلهُالدينَ)
މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ".
ހަމަ އެސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (قلاللهَأعبُدُمخلِصاًلهُديني)
މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ".
އަދި ޒުމަރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فاعبُدِاللهَمخْلِصاًلهالدينَألاللهالدينُالخالصُ)
މާނައަކީ:" ފަހެ ކަލޭގެފާނު މާތް ﷲ ގެ ކިބައަށް ދީން ޚަލާޞް ކުރައްވައި އެކަލާނގެ ކިބަޔަށް އަޅުކަން ކުރައްވާށެވެ".
އިންސާނާގެ ބަހާއި ޢަމަލު އަދި މުދަލުން ކުރެވޭ ޞަދަގާތް ތަކަކީ ﷲ އަށް ޚާލިޞްކަމާއި އެކު ކުރާ ކަންތައް ކަމުގައި ހެދުމަށް އަންގަވާ އަލްބައްޔިނާ ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
(وماأُمِرواإلالِيَعبُدوااللهَمُخلِصينَلهالدينَحُنَفَاءَ)
މާނައަކީ: " ބާޠިލްމަގުން އެއްކިބާވެގެން ތިބެ، މާތް ﷲ ގެ ކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމްކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ނުވެވެއެވެ".
ގިޔާމަތްދުވަހުން ﷲ އާއި ބައްދަލުކުރަން އެދޭ މީހާ އިޚްލާޞްތެރިކަމާއި އެކު ހެޔޮ ޢަމަލުކުރުމަށް އަންގަވައި ސޫރަތުލް ކަހްފުގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فمَنْكَانَيَرْجُوْلِقَاءَرَبِّهِفَلْيَعْمَلْعَمَلاًصَالِحاًوَلَايُشْرِكْبعِبادَةِرَبِّهِأحداً)
މާނައަކީ:" ތިޔަބައިމީހުންކުރެ ކޮންމެ މީހަކުނަމަވެސް ﷲ އާއި ބައްދަލުކުރުމަށް އުއްމީދުކުރަނީނަމަ، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނަ ހުށިކަމެވެ. އަދި ﷲ އަށް އަޅުކަން ކުރުމުގައި އެހެންއެއްވެސް ފަރާތަކާ ޝަރީކު ނުކުރާ ހުށިކަމެވެ".
ކުރާ ކޮންމެ ޢަމަލެއްގައި ﷲ އަށް އިޚްލާޞްތެރިވުމަށާއި، މީހެއްގެ ފަރާތުން ލިބިދާނެ ރީތިނަމަކަށް ނުބެލުމަށް ކައުއިތުރު ނަބިއްޔާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އަދި ﷲ އަށް އިޚްލާޞްތެރިވުމެއް ނެތި ކުރާ ކޮންމެ ޢަމަލަކީ އެޢަމަލެއް ކުރި މީހަކަށް ރައްދުވެގެންވާ ކަމެއްކަންވެސްވަނީ ބަޔާންކޮށް ދެއްވާފައެވެ. ﷲ ބައްލަވާ ވޮޑިގެންވަނީ ޢަމަލުތަކުގެ ބޭރުފުށަށް ނުން ކަމަށާއި، މީހާގެ ހިތަށް ކަންވަނީ ބަޔާންކޮށް ދެއްވާފައެވެ. ސަބަބަކީ ޢަމަލުތައް ބިނާވެގެންވަނީ އޭނާގެ ނިޔަތަށް ކަމަށްވާތީވެއެވެ.
ދެއްކުންތެރިކަމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބައެއްފަހަރަށް "ކުޑަޝިރްކު" ގެ ނަމުން ނަންދެއްވައެވެ. އަދި އަނެއްބައިފަހަރަށް "ސިއްރު ޝިރްކު" ގެ ނަމުން ނަންދެެއްވައެވެ. ދެއްކުންތެރިކަމާއިއެކު ޢަމަލުކުރާމީހުންގެ ކިބައިން ގިޔާމަތް ދުވަހު ﷲ ބަރީއަވެވަޑައިގަންނަވާނެއެވެ. އަދި އެފަދަ ޢަމަލުތަކަށް ޖަޒާ ނުދެއްވާނެއެވެ. އެފަދަމީހުންނަށް ދެންނެވޭނެއެވެ. "ތިބާ އެބަޔަކަށް ދެއްކުމަށް ކަންތައް ކުޅަމީހުންގެ ފަރާތުން ދަރުމަ އާއި ޘަވާބަށް އެދޭށެވެ، ތިމަން ﷲ ގެ ޙަޟްރަތުގައި ތިބާ އަށް ދޭނެ ދަރުމައެއް ޘަވާބެއް ނެތެވެ".
ތިރީގައި މިވަނީ އިޚްލާޞް ތެރިކަމުގެ މުހިންމުކަން ދޭހަވާ ބައެއް ޙަދީޘް ތަކެވެ.
1. عَنْأَبِيْأُمَامَةَقَالَ: جَاءَرَجُلٌإِلَىرَسُوْلِاللهِصَلَّىاللهُعَلَيْهِوَسَلَّمَفَقَالَ: "أَرَأَيْتَرَجُلاًغَزَايَلْتَمِسُالْأجْرَوَالذِّكْرَ، مَالَهُ ؟ فَقَالَرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَ: لَاشَيْءَلَهُ، فَأَعَادَهَاثَلَاثَمَرَّاتٍ، وَيَقُوْلُرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَ: لَاشَيْءَلَهُ، ثُمَّقَالَ: إِنَّاللهَعَزَّوَجَلَّلَايَقْبَلُمِنَالْعَمَلِإِلَّامَاكَانَلَهُخَالِصاً، وَابْتُغِيَبِهِوَجْهُهُ)
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އެއްދުވަހަކު މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ"، "މީހަކު ދަރުމަ އަށާއި އޭނާގެ ނަން މީސްތަކުންގެ ތެރޭގައި ޛިކްރު ކުރެވުމަށްއެދި ހަނގުރާމަކޮށްފި މީހަކަށް އޮތީ ކޮން ކަމެއްތޯއެވެ؟" ރަސޫލުﷲ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. "އޭނާ އަށް އެއްވެސް އެއްޗެއް ނެތެވެ". އެމީހަކު ތިންފަހަރަށް ސުވާލު ތަކްރާރު ކުރެއްވުމުންވެސް ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އޭނާ އަށް އެއްވެސް އެއްޗެއް ނެތެވެ". އެއަށްފަހު ޙަދީޡް ކުރެއްވިއެވެ. "ހަމަކަށަވަރުން، ﷲ ގެ ވަޖުހުފުޅަށް އެދި، އިޚްލާޞްތެރިކަމާއިއެކު ކުޅަ އަމަލެއް މެނުވީ ﷲ ގަބޫލެއް ނުކުރައްވާނެއެވެ".
2. عَنْأَبِيْهُرَيْرَةَرَضِيَاللهُعَنْهُقَالَ: قَالَرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَ: "إِنَّاللهَلَايَنْظُرُإِلَىأَجْسَامِكُمْوَلَاإِلَىصُوَرِكُمْ، وَلَكِنْيَنْظُرُإِلَىقُلُوْبِكُمْ)
މާނައަކީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ހަށިގަނޑަކަށް ނުވަތަ ޞޫރައަކަށް ﷲ ބައްލަވާ ވޮޑިގެނެއްނުވެއެވެ. އެހެންނަމަވެސް، ﷲ ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ".
3. عَنْشَدَّادِبِنْأَوْسٍرَضِيَاللهُعَنْهُأَنَّهُسَمِعَالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَيَقُوْلُ: "مَنْصَامَيُرَائِيْفَقَدْأَشْرَكَ، وَمَنْصَلَّىيُرَائِيْفَقَدْأَشْرَكَ، وَمَنْتَصَدَّقَيُرَائِيْفَقَدْأَشْرَكَ"
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޝައްދާދު ބިން އުވައިސް ގެ ކިބައިން ރިވާވެެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. "ދެއްކުންތެރިކަމާއިއެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއިއެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".
4. وَعَنْمَحْمُوْدِبِنْلُبَيْدٍقَالَ: خَرَجَالنَّبِيُّصَلَّىاللهُعَلَيْهِوَسَلَّمَفَقَالَ: "يَاأَيُّهَاالنَّاسُإِيَّاكُمْوَشِرْكُالسَّرَائِرِ. قَالُوْا: يَارَسُوْلَاللهِوَمَاشِرْكُالسَّرَائِرِ ؟ قَالَ: يَقُوْمُالرَّجُلُفَيُصَلِّيْ، فَيُزَيِّنُصَلَاتَهُجَاهِداًلِمَايُرَىمِنْنَظَرِالنَّاسِإِلَيْهِ، فَذَلِكَشِرْكُالسَّرَائِرِ"
މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މީސްްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ"، ޞަޙާބީން ދެންނެވިއެވެ. "ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީހަކު ގަދައަޅައި ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ".
5. عَنْمَحْمُوْدِبِنْلُبَيْدٍأَنَّرَسُوْلَاللهِصَلَّىاللهُعَلَيْهِوَسَلَّمَقَالَ: "إِنَّأَخْوَفَمَاأَخَافُعَلَيْكُمْالشِّرْكُالْأَصْغَرُ، قَالُوْاوَمَاالشِّرْكُالْأَصْغَرُيَارَسُوْلَاللهِ ؟ قَالَ: الرِّيَاءُ. يَقُوْلُاللهُعَزَّوَجَلَّإِذَاجُزِيَالنَّاسُبِأَعْمَالِهِمْ: اِذْهَبُوْاإِلَىالَّذِيْنَكُنْتُمْتُرِاؤُوْنَفِيْالدُّنْيَا، فَانْظُرُوْاهَلْتَجِدُوْنَعِنْدَهُمْجَزَاءً)
މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުވެތިވަނީ ކުޑަ ޝިރްކާއި މެދުގައެވެ. ޞަހާބީން ދެންނެވިއެވެ. "ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ދެއްކުންތެރިކަމެވެ. މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ".
6. وَعَنْأَبِيْسَعِيْدِبِنْأَبِيْفُضَالَةَرَضِيَاللهُعَنْهُ، وَكَانَمِنَالصَّحَابَةِقَالَ: سَمِعْتُرَسُوْلَاللهِصَلَّىاللهُعَلَيْهِوَسَلَّمَيَقُوْلُ: "إِذَاجَمَعَاللهُالْأَوَّلِيْنَوَالْآخِرِيْنَيَوْمَالْقِيَامَةِلِيَوْمٍلَّارَيْبَفِيْهِ، نَادَىمُنَادٍ: مَنْأَشْرَكَفِيْعَمَلِهِلِلَّهِأَحَداًفَلْيَطْلُبْثَوَابَهُمِنْعِنْدِهِ، فَإِنَّاللهَأَغْنَىالشُّرَكَاءِعَنِالشِّرْكِ)
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށްޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ".
އިޚްލާޞްތެރިކަމާއި ބެހޭ ގޮތުން ސަލަފުން ވިދާޅުވެފައިވާ ބަސްފުޅުތައް:
މަކްޙޫލް-ރަޙިމަހުﷲ- ވިދާޅުވިއެވެ. "މީހަކު ސާޅީސް ދުވަސްވަންދެން އިޚްލާޞްތެރިވެއްޖެނަމަ ޙިކްމަތްތެރިކަން އޭނާގެ ދޫމައްޗަށް އަންނާނެއެވެ".
ސަހްލު ބިން ޢަބްދިﷲ އައްތަސްތުރީ-ރަޙިމަހުﷲ- އަށް ދެންނެވުނެވެ. "ނަފްސުގެ މައްޗަށް އެންމެ އުނދަގޫކަމަކީ ކޮބައިހެއްޔެވެ؟"، ޖަވާބުގައި ވިދާޅުވިއެވެ. "އިޚްލާޞްތެރިކަމެވެ. އޭގައި ނަޞީބެއް ނުވާތީވެއެވެ".
އަބޫ ސުލައިމާނުއް ދާރާނީ- ރަޙިމަހު ﷲ- ވިދާޅުވިއެވެ. " އިޚްލާޞްތެރިވެއްޖެނަމަ އޭނާގެ ހިތުން ދެއްކުންތެރިކަމާއި ވަސްވާސްތައް ފިލައި ހިނގައިދާނެއެވެ".
ދާވޫދް ބިން އަބީ ހިންދި އޭ ކިޔުނު ބޭކަލަކު ސާޅީސް އަހަރުވަންދެން އޭނާގެ އަނބިމީހާ އަށް ނޭގި ރޯދަ ހިފިކަމަށްވެއެވެ. ހެނދުނު ފިހާރައަށް ދަމުން ނާސްތާ ހިފައިގެންގޮސް ފަގީރުންނަށް ޞަދަގާތް ކޮށްލަނީއެވެ. އަދި މެންދުރު ގެ ކޮއްތުވެސް ފިހާރައަށް ގެންގޮސް ފަގީރުންނަށް ޞަދަގާތް ކުރަނީއެވެ. ރޭގަނޑު ކާ ގަޑީގައި އަންހެނުންނާއި އެކުގައި ކައިހަދައެވެ.
އޭނާ ވިހި އަހަރުވަންދެން ރޭ އަޅުކަންކުރިއެވެ. ނަމަވެސް އޭނާގެ ކައިރީ ނިދާފައި އޮންނަ އަންހެނުންނަށް އެކަމެއް ނޭނގެއެވެ. މިއިން ދޭހަކޮށް ދެނީ އޭނާގެ އިޚްލާޞްތެރިކަމެވެ. އެންމެ ގާތް މީހާ ކަމުގައިވާ އަނބިމީހާ އަށްވެސް އެކަން ނޭނގެއެވެ. އެހާވެސް ސިއްރުންނެވެ.
އެހެންކަމުން އަޅުގަޑުމެންގެ ނަފްސު ތަރްބިއްޔަތު ކުރަންވީ ކުރާ ކޮންމެ ޢަމަލެއްގައިވެސް ﷲ އަށް އިޚްލާޞްތެރިކަމާއިއެކު ކުރުމަށެވެ. މީސްތަކުންނަށް ދެއްކުމަށް ނުވަތަ މީހަކު ބުނެފާނެ ރަގަޅު ބަހަކަށް ބެލުމެއް ނެތި އެވެ. ﷲ ގެ ޙަޟްރަތުގައި ގަބޫލުވެގެންވާ ޢަމަލަކަށްވާނީ އޭރުންނެވެ. މާތް ﷲ އަޅުގަޑަށާއި އެންމެހައި މުއިމިން އަޚުންނާއި އުޚްތުންނަށް އިޚްލާޞްތެރި ވުމުގެ ހެޔޮ ނަޞީބު ދެއްވާށި، އާމީން.
ވީމާ، މަޝްހޫރުކަން ހޯދާ ތަރިއަކަށް ވުމުގެ ބޭނުމުގައި ގުރްއާން ކިޔަވާ ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
8 މެއި 2023