އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ މިސްރާބު ބަދަލުނުކޮށްފިނަމަ ގެއްލުންވާނެ: ގާސިމް

އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ މިސްރާބު ބަދަލުނުކޮށްފިނަމަ ގެއްލުންވާނެ: ގާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ރާއްޖެ މިހާރުއޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ މިސްރާބު ބަދަލުނުކޮށްފިނަމަ ގެއްލުންވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ހާއްސަކޮށްގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ބޮޑެތި ދުއްތުރާ ތަކުގެ ތެރޭގައި މިނިވަންކަމާއި އިސްތިގްލާލަށް ބޭރުގެ ނުފޫޒުފޯރައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސް ކޮރަޕްޝަން ހައްދުފަހަނައަޅައި ރައްޔިތުންގެ ފައިސާއިން އިސްރާފުކޮށްފައިވާ ކަމަށެވެ. އިޖްތިމާއީ އިގްތިސާދީ އަދި މަދަނީ ދާއިރާގެ އިތުރުން ހިންގުމުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ބަދަލުވާންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިސްރާބު ބަދަލުނުކޮށްފިނަމަ އިޔާދަނުކުރެވޭފަދަ ގެއްލުން ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ލީޑަރުންނާއި ކައުންސިލް މެމްބަރުންނާއި އިދާރީ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް