އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމްގެ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން ހުކުރު ދުވަހުގެ ހަވީރު

ޤާސިމްގެ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން ހުކުރު ދުވަހުގެ ހަވީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން ހުކުރު ދުވަހުގެ ހަވީރު ބާއްވަން ނިންމައިފިއެވެ.

މި ހިނގާލުން ފެށެނީ އާޓިފިޝަލް ބީޗް ސްޓޭޖާއި ދެންވޭރު ދަނޑާއި ދެމެދު މަޖީދީ މަގުން ހުކުރު ދުވަހުގެ ހަވީރު 04:00 އެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕޭނުގައި ވަނީ 21 ދުވަހުގެ ތެރޭގައި 72 ރަށަކަށް ވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމުމަށް ހިފާފައިވާއިރު، އިންތިހާބީ މައިދާނުން އެންމެ ހަރަކާތްތެރިކޮށް ފެނިފައިވަނީ ޖުމްހޫރީ ޕާޓީއެވެ.

އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.

ޤާސިމް އިސްވެ ހުންނަވާ ޖޭޕީން ވަނީ 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

 

ހަބަރު: ވީނިއުސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް