އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކުގަ ދިރިއުޅޭތާ 7 އަހަރުވީއިރު ހިނިތުން ނުވާ، މި ސިފަތައްހުރި ފިރިއަކާއެކު ދިރިއުޅެވިދާނެތޯ؟

އެކުގަ ދިރިއުޅޭތާ 7 އަހަރުވީއިރު ހިނިތުން ނުވާ، މި ސިފަތައްހުރި ފިރިއަކާއެކު ދިރިއުޅެވިދާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ދިރިއުޅުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ތިމާގެ ސަބަބުން ބައިވެރިޔާއަށް އުފާވެރިކަން ހޯދައިދިނުމެވެ. މާލީ ގޮތުން ތަނަވަސްކަން ކުޑަ ނަމަ އަގުބޮޑު އެއްޗެތި ހޯދައި ނުދެވިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ހިނިތުންވެލެވެންވާނެއެވެ. ހިނިތުންވުމަކީ ޞަދަޤާތެއްކަމުގައި ލައްވަވާފައި އެވަނީވެސް އެސަބަބަށްޓަކައި ކަމުގައި ދެކެމާހެއްޔެވެ؟

ބައިވެރިޔާގެ ކިބައިން ހިނިތުންވުން ނުލިބޭނަމަ އެމީހަކާއިއެކުގައި ދިރިއުޅެން ބޭނުމެއް ނުވެވޭނެއެވެ. މަޖުބޫރުތަކެއް ހުރިނަމަ އެކުގައި އުޅުނަސް ހުރެވޭނީ ހިތްހަމަޖެހިގެނެއްވެސް ނޫނެވެ. މިއަދުނޫހުގެ ކިޔުންތެރިއަކު ކުރިމަތިކޮށްފައިވާ މިސުވާލުންވެސް މިބުނި ބަހުގެ ތެދުކަން އެނގިގެންދެއެވެ. 

އަޅުގަނޑަކީ 34 އަހަރުގެ އަންހެނަކީމެވެ. ކައިވެންނަށް 7 އަހަރު ފުރިއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ނަމަވެސް ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް ފިރިމީހާގެ މޫނުން އެންމެ ފަހަރަކުވެސް ހިނިތުންވުމެއް ނުދެކެވެ. ކޮށްދޭންޖެހޭ ކަމެއް ކޮށްދިން ނަމަވެސް ކަލަ ގޮވައެވެ. އަމުރުކުރަން ނޫނީ ދަރިއަކާއި އަނގައިން ބުނަނީއެއްނޫނެވެ! އަޅުގަނޑަށް ހިނިތުން ނުވާތަނުގައި ދަރިންނަށްވެސް ހިނިތުންވަނީއެއް ނޫނެވެ. 

ފާހަގަމިކުރީ މަދު ކަންކަމެވެ. 7 އަހަރުވީއިރުވެސް އާދޭސްކޮށްކޮށްވެސް އެއްވެސް ކަމެއް ބަދަލުނުކުރުމުން މިފަދަ އެތައް ކަމަކަށް ކެތް ނުކުރެވިގެން ވަކިވާން ކޯޓަށް ދިއުމުން ރައްޓެހިން ބުނަނީ އަދިވެސް ކެތްތެރިވުމަށެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ ދިރިއުޅުމާއިބެހޭ ކަންކަމަށް ކިޔުންތެރިންގެ ވަރަށް ރަނގަޅު ކޮމެންޓްތައް ފެނެއެވެ. އެހެންވެ އަޅުގަނޑުގެ މިހާލަތުގައި ވަރިނުވެ އިނުމާއިމެދު ނުވަތަ އެހެންވެސް ކޮމެންޓެއް ކޮށްލަ ދެއްވުން އެދި ކިޔުންތެރިނެގެ ކޮމެންޓަށް ސުވާލު ހުޅުވައިލަމެވެ. 

ސުވާލަކީ: 7 އަހަރުވީއިރު ހިނިތުން ނުވާ، މި ބަޔާންކުރި ސފަތައްހުރި ފިރިއަކާއެކު ދިރިއުޅެވިދާނެތޯ؟ އެވެ. 

- ލީޝާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް