އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް ދާދި ކައިރިވީ! ހިފާ ރޯދަ ނަގާނުލައި ސުވަރުގެއިން ގަނޑުވަރު ހޯދާ މީހަކަށްވާން މިހާރުންސުރެ ތައްޔާރުވޭ!

ރަމަޟާން މަސް ދާދި ކައިރިވީ! ހިފާ ރޯދަ ނަގާނުލައި ސުވަރުގެއިން ގަނޑުވަރު ހޯދާ މީހަކަށްވާން މިހާރުންސުރެ ތައްޔާރުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ރޯދަމަސް އައިސް ޖެހުނީއެވެ. ރޯދަމަހު މީސްތަކުންނަށް އެންމެ ދެރަކޮށް ކުރެވޭ އެއްކަމަކީ ރޯދައަށް ތިބެ ޒުވާބުކޮށް ނުބައި ބަސްތައް ބުނެ ރޯދަހިފުމުގެ ފައިދާ ނަގައިލެވޭކަމެވެ. މިބުނެދެނީ އެކަމުން ސަލާމަތްވެ ސުވަރުގެއިން ގަނޑުވަރެއް ނުހަނު ފަސޭހައިން ހޯދެން އޮތް މަގެވެ.  

ދެބަސްވުމާއި ޒުވާބުކުރުމަކީ ވަރަށް ޢާންމުކަމެކެވެ. އެކި މީހުން އެކަން ކުރަނީ އެކި ގޮތަށެވެ. އެއްބައަކު އަޑުގަދަކުރާއިރު އަނެއް ބައަކު މަޑުމަޑުންވެސް ކުރެއެވެ. ކޮންޓްރޯލް ނުކުރެވިއްޖެނަމަ ބައެއް ފަހަރު ޒުވާބު ހޫނުވެ ނުބައިބަސްތައްވެސް ބުނެވެއެވެ. ބައެއްފަހަރު ގައިގަ އަތްލައިވެސް ހަދައެވެ. ތަޅާފޮޅުމަކަށްވެސް ބަދަލުވެއެވެ.  

ބައެއް މީހުން ތިމާ މިހުރީ ޙައްޤުގައިކަން ޘާބިތުކޮށްދޭންވެސް އެބަ ޒުވާބު ކުރެއެވެ. ތިބާހުރީ ޙައްޤު ގޮތުގައި ޘާބިތުކޮށްދޭންވެސް ޒުވާބުކުރުމެއް ނެތެވެ. މުހިންމީ މީހަކު އެކަން ޤަބޫލުކުރުމެއް ނޫނެވެ. ތިބާ ހުރީ ޙައްޤު ގޮތުގައިކަން މީހަކަށް ޔަޤީންކޮށްދޭކަށް ނުޖެހެއެވެ. އެކަމަކުން ކުރާނެ ފައިދާއެއް ނެތެވެ. ތިބާ އަނގައިން ނުބުނެ މަޑުން ހުރިނަމަވެސް ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވެއެވެ. އެކަން އެހެން މީހަކަށް ޘާބިތުކޮށްދޭން ޒުވާބުކުރާކަށް ނުޖެހެއެވެ.  

މިބަލައިލަނީ ތިމާ ހުރީ ޙައްޤު ގޮތުގައިކަން ނުވަތަ ތިމާ ކަންކަން ކުރީ އިންޞާފުންކަން އަންގައިދޭން  ވެސް ޒުވާބު ނުކޮށް ދޫކޮށްލައިފިނަމަ އެމީހަކަށް ލިބެން އޮތް ބޮޑު ފައިދާއަށެވެ. އެމީހަކަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެކަން ރަސޫލް () ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

Prophet Muhammad said:

I guarantee a house in jannah for someone who gives up arguing, even if he is right.

Mu'jum al kabeer - 7488 

މި ޙަދީޘްފުޅުން އެނގިގެންދަނީ ދެބަސްވެ ޒުވާބުކުރުމާ އަރައިރުންވުމުގެ ހުރި ނުބައި ކަމެވެ. އަދި އެކަންކަން ނުކޮށް ދޫކޮށްލުމުން ދެއްވަވާނެ މަތިވެރި ނިޢްމަތެވެ. ހިތާމައަކީ އެންމެ ކުޑަވެގެން ޢާއިލާ ތެރޭގައިވެސް ކުދިކުދި ކަންކަމަށް ދެބަސްވެ ބޮޑެތި ޒުވާބުތައް ކުރެވޭ ކަމެވެ. އެކަމުގެ ސަބަބުން ބޮޑެތި ފިތުނަތައް އުފެދިގެންދާ ކަމެވެ.

ވިސްނައިލާށެވެ! މުހިންމީ ޒުވާބުކޮށް، އަރައިރުންވެގެން ކުރި ހޯދުމުން ލިބޭނެ ހިތްހަމަޖެހުން ހެއްޔެވެ؟ ނޫނީ ސުވަރުގެއިން ގަނޑުވަރެއް ދެއްވެވުމުން ލިބޭނެ މަތިވެރި ނިޢްމަތާއި އުފާވެރިކަން ހެއްޔެވެ؟ މިކަންކަމަށް ވިސްނާ މީހަކުވެސް އެއްވެސް މީހަކާ ޒުވާބެއް ނުކުރާނެއެވެ. ޙައްޤު ބަސް ބުނެފައި ހަނުހުންނާނީއެވެ.  

ޒުވާބުކޮށްގެން މީސްތަކުންގެ ކުރިމަތީގައި ތިމާއަށް ކުރިއެރުމެއް ލިބުނު ނަމަވެސް އެކަމުގެ ސަބަބުން ލިބެން އޮތް ކަމަކަށްވުރެ ސުވަރުގެއިން ގަނޑުވަރެއް ލިބުމުން ކުރާން ފައިދާ މާބޮޑުވާނެކަން ހިތްމަތީގައި އަބަދުވެސް ބާއްވާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް