އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓުގެ ކުއްލި މައްސަލަތައް ޙައްލުކުރަން ސްޓެލްކޯގެ ޓީމްތައް ފޮނުވަނީ ކުންފުނީގެ އަމިއްލަ ޚަރަދުގަ! ރައިސް ބޭނުންފުޅެއް ނުވޭ އިރުކޮޅަކަށްވެސް ކަރަންޓް ނުލިބި ރައްޔިތުން ތިބޭކަށް!: ޙުސައިން ފަހުމީ

ކަރަންޓުގެ ކުއްލި މައްސަލަތައް ޙައްލުކުރަން ސްޓެލްކޯގެ ޓީމްތައް ފޮނުވަނީ ކުންފުނީގެ އަމިއްލަ ޚަރަދުގަ! ރައިސް ބޭނުންފުޅެއް ނުވޭ އިރުކޮޅަކަށްވެސް ކަރަންޓް ނުލިބި ރައްޔިތުން ތިބޭކަށް!: ޙުސައިން ފަހުމީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ރަށްރަށުގަ ދިމާވާ ކަރަންޓުގެ ކުއްލި މައްސަލަތައް ޙައްލުކުރަން ސްޓެލްކޯގެ ޓީމްތައް ރަށްރަށަށް ފޮނުވަނީ ސްތެލްކޯގެ އަމިއްލަ ޚަރަދުގައި ކަމަށާއި އެކަން އެގޮތަށް ކުރަނީ އިރުކޮޅަކަށްވެސް ކަރަންޓް ނުލިބި ރައްޔިތުން ތިބެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެވަޑައިނުގަންވާތީކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.  

"މިއަދުވެސް ކުޅުދުއްފުށްޓަށް ދިމާވި ކަރަންޓްގެ މައްސަލަ ޙައްލުކުރަން އިންސްޓްރަކްޝަންސް ލިބުނީ މެންދުރުފަހު 3 ޖެހިއިރު. ވަޤުތުން އަޅުގަނޑުމެން އެޓެންޑްވިން. ފޮނުވީ އެކަމަށް އެންމެ ޤާބިލް މުވައްޒިފުންގެ ޓީމެއް. ފަނަކައިގެ މުވައްޒިފުން ތަމްރީނުކުރަން ޓީމެއް މާދަމާ އެބަ ފޮނުވަން." މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޙުސައިން ފަހުމީ ވިދާޅިވިއެވެ.  

ޙުސައިން ފަހުމީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ވީހާ ފުރިހަމައަށް ކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.  

ސްޓެލްކޯއަށް މިއަދު 3 ޖެހިއިރު ލިބުނު އިރުޝާދަށް ވަޤުތުން ފޮނުވި ޓީމުން ކުރި މަސައްކަތުން މައްސަލަ ޙައްލުކޮށް މިރޭ 9 ޖެހިއިރު ވަނީ ކަރްންޓްދީފައެވެ. ވީމާ އިރުޝާދު ލިބުނުތާ އެންމެ 6 ގަޑިއިރުގެ ތެރޭގައި އެވަނީ މައްސަލަ ޙައްލުކޮށް ކަރަންޓްދީފައެވެ. ވީމާ އެކަމުންވެސް އެނގިގެންދަނީ ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްދެއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަމުގެ ބޮޑުކަންކަން ފާހަގަކުރެވެއެވެ.  

ޙުސައިން ފަހުމީ ވިދާޅުވީ ދިމާވާ ކުއްލި މައްސަލަތައް ޙައްލުކުރަން ސްޓެލްކޯއިން ކުރާ ޚަރަދުތަކަށް ފެނަކައަށް ބިލްވެސް ނުކުރާކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް