އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެސިޓީއަށް ދިމާވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދޭނެ ގޮތްތައް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ރާއްވަވަމުން-: ޙުސައިން ފަހުމީ

މާލެސިޓީއަށް ދިމާވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދޭނެ ގޮތްތައް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ރާއްވަވަމުން-: ޙުސައިން ފަހުމީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 5 ސިކުންތު

މާލެސިޓީއަށް ދިމާވަމުން އަންނަ ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދޭނެ ގޮތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްވަވަމުންކަމަށާއި ހީވެސް ނުކުރެވޭ ވަރުގެ ބޮޑެތި މަޝްރޫޢުތަކެއް ފެށިގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

މިއަދުނޫހަށް ދެއްވި ޚާއްޞަ އިންޓަރވިޔުއެއްގައި ޙުސައިން ފަހުމީ ވިދާޅުވީ ފުރަތަމަ ކަމެއްގެ ގޮތުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދާއިރު މާލޭގެ ނެޓްވޯކް ވަރުގަދަކޮށް އައުކުރެވޭނެކަމަށެވެ. 

މީގެ އިތުރުން މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި މިހާރުގެ ޙާލަތާއި މައްސަލަތައް ޙައްލުކުރަން ރޭވިފައިވާ މަޝްރޫޢޫތައްވެސް ޙުސައިން ފަހުމީ ވިދާޅުވެދެއްވިއެވެ. 

މިއަދުނޫސް: ފުރަތަމަ ސުވާލަކީ، އަޅުގަނޑުމެންނަށް މި ދުވަސްކޮޅު ދެން ތަންކޮޅެއް މަދުވެސްމެ ކަރަންޓް ކެނޑުން. އެކަމަކު އާންމުކޮށް މި ދިމާވާ މައްސަލައަކީ، ވަރަށް ގިނައިން އެބަ ކަރަންޓް ކެނޑުމުގެ މައްސަލަތައް އެބަ ދިމާވޭ. ދެން މިހާރު މި ގެދޮރުތައް ހުންނަ ގޮތުން ހަމަ އެންމެ މިނެޓަކަށްވެސް ވައިކޮޅެއް ނުލިބޭ ގޭގެ ގިނައީ. އެހެންވީމަ ކަރަންޓް ނެތިއްޖެއްޔާ މި ދަނޑުވަޅުގަ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގަ. މި މައްސަލައަށް ހައްލު ގެންނަން ކުރީގެ ހަމަ ހުރިހާ އެމް.ޑީންވެސް ވާހަކައަކީ ސަރުކާރުތަކުންވެސް ވާހަކަ ދެކެވުނޭ. އެކަމަކު އަޅުގަނޑުމެންނަށް ހަޤީގީ ބަދަލެއް ނެތް ދެއްތޯ ފެންނާކަށެއް. މިހާރު މި ސަރުކާރުގެ ތެރެއިން އެކަހަލަ އެއްވެސްކަހަކަ  އިންވެސްޓިގޭޝަންއެއް ހައްދަވައިފިންތޯ؟ މިކަން މިހާރަށްވުރެ ރަނގަޅު ކޮށްލެވޭނީ ކޮން މަސައްކަތްތަކެއް ކޮށްގެންކަން ވިދާޅުވެދެއްވަފާނަންތޯ؟ 

ޙުސައިން ފަހުމީ: ތީ ވަރަށް ރަނގަޅު ވާހަކަފުޅެއް ތި ވިދާޅުވީ. ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މާލޭގަ މިވަގުތު އަޅާފައޮތް މި ނެޓްވޯކް އަކީ ގާތްގަނޑަކަށް 20 އަހަރު ވެއްޖެ ނެޓްވޯކެއް، މާލޭގެ މަގުތަކުގަ. އެހެންމަ ރައީސުލްޖުމްހޫރިއްޔާ ވިސްނަވާފަ އެބައޮތް މާލޭގެ ހުރިހާ މަގުތަކެއް ހަދަން. އެއީ ގާތްގަނޑަކަށް އަޅުގަނޑު ހަނދާން ވާގޮތުން 100 މިލިއަން ޑޮލަރުވަރު ހޭދަކޮށްގެން މާލޭގެ ހުރިހާ މަގެއް ތާރުއަޅާ ހަދަން. އެ ހަދާއިރުގަ އަޅުގަނޑުމެން ޖެހޭނީ މާލޭގެ މި އަޅާފަހުރި ހުރިހާ ނެޓްވޯކެއް ބަދަލުކުރުން. ކޭބަލް ނެޓްވޯކް. ބައެއް އެއްޗެހިތައް ހުންނަނީ އެފިޝިއެންސީ ލެވެލް މިސާލަކަށް އޭގެ ފުލް ކެޕެސިޓީގަ މިހާރު ރަންކުރަނީ. އޭގެތެރޭގަ ޓްރާންސްފޯމާވެސް ހިމެނޭ. ވަރަށް ގިނަ ދިމަދިމާ ޓަރާންސްފޯމަރައަކީވެސް ހަމަ 100 ޕަސެންޓް 99 ޕަސެންޓްގަ ހިންގާ ޓްރާންސްފޯމަރ މިހާރު.

އެހެންވީމަ އެއްކަމަކީ މާލޭގަ މި އޮތް ނެޓްވޯކް އާކުރުން، ކޭބަލް ނެޓްވޯކް އާކުރުން. ހަމަ އޭގެތެރޭގަ އަންނަން އެބަޖެހޭ ޓްރާންސްފޯމާވެސް، އިތުރު ޓްރާންސްފޯމާވެސް އަންނަންއެބަޖެހޭ. ދެން އަޅުގަނޑުމެންގެ ކެޕެސިޓީ މިވަގުތު ހުރިގޮތުން އެނގިވަޑައިގަންނަވާނެ ފަދައިން ވޭތުވެދިޔަ 5 އަހަރަކު ނެތް އަޅުގަނޑުމެންގެ ކެޕޭސިޓީ އިންކްރީޒް ކޮށްފައެއް. ހަމައެކަނި ގެނައީ  1.5 މެގަވޯޓް ޖެންސެޓްތަކެއް، ސައިޒް ބީޓީ ޖެންސެޓްތަކެއް ގެނައީ. ބޮޑު ޕްރިޖެކްޓެއް ހިންގާފަކާ ނެތް. ދެން މާލެ ހުޅުމާލެ މިހާރު މިވަނީ ގުޅާލާފަ. ގުޅާލާފަ އޮތްއިރުގަ މި ވާގޮތަކީ މާލެ ހުޅުމާލެ ކޮންމެ އަހަރަކު 20ޕަސެންޓް އިތުރުވަމުން އެބަދޭ ކެޕޭސިޓީ. އެހެންމެ އެ އައި ގްރޯތާ އެއްވަރަކަށް ކެޕޭސިޓީވެސް ނެތް އިތުރު ކޮށްފައެއް! 

އެހެންމަ މިވަގުތު ސަރުކާރުގެ ވިސްނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ގުޅީފަޅުން ނުވަތަ ތިލަފުށީގަ 100 ނުވަތަ 200 ނުވަތަ 300 މެގަވޯޓްސް ނުވަތަ 500 މެގަވޯޓްސް ޕަވަރޕްލާންޓެއް އެޅުން. އެއީ ދެން އެއް ފިޔަވެއްސަކަށް ނޫން. ފިޔަވަހިތަކަކަށް ބަހާލާއިގެން ބޮޑު ޕަވަރޕްލާންޓެއް އެޅުން. އަޅާފަ މާލެއާ ހުޅުމާލެ މިހިރަ ތަންތަން މި ބެކަޕް ޕަވަރޕްލާންޓެއް ގޮތުގަ ބެހެއްޓުން. އޭގެ މާނައަކީ އަޅުގަނޑުމެން މާލެ ހުޅުމާލެ ރަން ނުކޮށްވެސް ތިލަފުށީގައާ ގުޅީފަޅުގަ އަޅާ ޕަވަރޕްލާންޓުން ގެނެވޭކަހަލަ މެކޭނިކަލް މަސެއްކަތް ކުރުން. އެހެންމަ އަޅުގަނޑު ދެކޭގޮތުގަ ދާއިމީ ހައްލެއް ގެނެވޭނީ މާލޭގަ މި އަޅާފައޮތް ނެޓްވޯކް އަލުން އާ ނެޓްވޯކެއް އެޅި އަޅުގަނޑުމެންނަށް ކެޕޭސިޓީ އިންކްރީޒް ވީމަ. ދެން މިވަގުތު އަޅުގަނޑުމެން ރަން ކުރަމުން މިދަނީ ގާތްގަނޑަކަށް 110 މެގަވޯޓްގަ، މާލޭގެ ޑިމާންޑަކީ މާލެ ހުޅުމާލޭގަ.  އަޅުގަނޑުމެންނަށް އަތުގަ މިހިރީ ގާތްގަނޑަކަށް މެކްސިމަމް 122 މެގަވޯޓް. އެހެންމަ 10 މެގަވޯޓް ޖެންސެޓް ހިންގާ ތަނެއްގަ މިއިން އެއްވެސް އެއްޗެއް ސާރވިސް އަށް ނެގެން އޮތީ އެޑީޝަނަލް ކެޕޭސިޓީ ހުރެގެން. މިވަގުތު އަޅުގަނޑުމެންގެ ނެތް އެޑީޝަނަލް ކެޕޭސިޓީއެއް. ދެން އަޅުގަނޑުމެން އެޑީޝަނަލް އިންޖީނެއް ސާރވިސް ކުރަން މި ނަގާ ގޮތަކީ ވިއްސާރަ ދުވަހެއް ބަލަނީ. ވެދަރ ފޯކާރސް ބަލަނީ އިނގޭތޯ. ތިންހަތަރު ދުވަހަށް ވެދަރ ފޯކާރސް ބަލާފަ ވިއްސާރަ މޫސުމާ ދިމާކޮށް މި ނަގަނީ އަސްލު. އެހެންމަ އެގޮތަށް މިވަގުތު މި އޮޕަރޭޓް ކުރަމުން މި ދަނީ. 

މި ހާލަތަށް ދާން މި ޖެހުނީ މި ދެންނެވިހެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގަ ކެޕޭސިޓީ އިންކްރީޒްކުރަން ޕްރޮޖެކްޓެއް ހިންގާފަ ނެތީމަ. ދެން އަޅުގަނޑު މި ދެންނެވީ އަރާދުކުރެއްވިއްޔާ ދާއިމީ ހައްލެއް ލިބިގެންދާނެ މި ދެކަމަށް އެޑްރެސް ކުރެވުނީމަ. އެއްކަމަކީ މާލޭގެ ކޭބަލް ނެޓްވޯކް އަނެއް ކަމަކީ އަޅުގަނޑުމެންނަށް އެޑިޝަނަލް ކެޕޭސިޓީ އިތުރު ކުރެވޭ ކަހަލަ ޕްރޮޖެކްޓެއް ހިންގުން. އެހެންމަ މި ދެކަމަށް ހައްލު އައިސްގެން ނޫނިއްޔާ މާލޭން ކަރަންޓް ކެނޑުން މުޅިން ހައްލަކަށް ނާންނާނެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް