މިއަދު ބާއްވަން ހަމަޖެއްސި ޝަރަފުގެ ހިނގާލުން ފަސްކޮށް މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭގޮތަށް ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
މިއަދު ބާއްވަން ހަމަޖެއްސި ޝަރަފުގެ ހިނގާލުން ފަސްކޮށް މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭގޮތަށް ހަދައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޝަރަފުގެ ހިނގާލުން މޫސުން ގޯސްވުމާ ގުޅިގެން ފަސްކޮށްފިއެވެ. އަދި މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވޭގޮތަށް ހަދައިފިކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދީފިއެވެ.

މިކަމާގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، މިއަދު ހަވީރު 4 އިން 6 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާ ކަމަށާއި އެއްގަމު އުޅަނދު ދުއްވުން އެވަގުތުތަކުގައި މަނާކޮށްފައިވަނީ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީ ކަމަށް ކައުންސިލުން ހާމަކުރިއެވެ.

ޝަރަފުގެ ހިނގާލުން ފަސްކުރި ނަމަވެސް، އެ ހިނގާލުން ބާއްވާނެ ތާރީޚެއް އަދި އިޢުލާންކޮށްފައެއް ނުވެއެވެ. 

މިއަދު އޮންލައިން