އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ: ފެނަކަ

ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ: ފެނަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ ޢަބްދުﷲ ނާޝިތު ވިދާޅުވީ އައްޑޫގެ އިންޖީނުގެ މަސައްކަތް މުޅިން ނިންމާ، މުޅި ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގް ފަންގް އިލެކްޓްރިކް ކުންފުންޏާ އަލުން ހަވާލުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެސްޓިމޭޓްތައް ހެދުމަށް، އީއައިއޭ ރިޕޯޓް ތައްޔާރުކުރުމާއި ސަރވޭގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ މި 32 މެގަވޮޓްގެ ޕަވަރ ހައުސްއާއެކު. 1.5 ނޫނީ 2 އަހަރުން މަސައްކަތް ނިންމާނަން." ނާޝިތު ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންކަމަށް ނާޝިތު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ދެމުންދާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ހާލަތު ދަށްކޮށް އޮތީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ. މިގޮތުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު