އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާތައް ހުށަހެޅުމަށް "މާހަރާ" ޕޯޓަލް އިފްތިތާޙުކޮށްފި

ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާތައް ހުށަހެޅުމަށް "މާހަރާ" ޕޯޓަލް އިފްތިތާޙުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާތަކާއި ޚިޔާލުތައް ހުށަހެޅުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ "މާހަރާ" ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.

މި ޕޯޓަލް އިފްތިތާޙުކޮށްފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ކުރީގެ ހެލްތު މިނިސްޓަރު ޑޮކްޓަރ އައިމިނަތު ޖަމީލެވެ. އަދި "މާހަރާ" ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީވެސް އެމަނިކުފާނެވެ.

"މާހަރާ" ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް މަގުފަހިކޮށްދިނުމެވެ. މިގޮތުން ހުށަހެޅޭ ޝަކުވާތަކާއި ޚިޔާލުތަކުގެ އަލީގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ.

މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދެއްވިގޮތުގައި މި ޕޯޓަލްއަކީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވްފައިވާ ޕޯޓަލްއެކެވެ. އަދި މި ޕޯޓަލްގެ ސަބަބުން ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ޕޯޓަލް އިފްތިތާޙުކުރުމާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެން ދިޔަކަމުގައި ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު