އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމުރުގަ އަޅުކަންކޮށް ހޯދާ ޘަވާބު ފުނިވަރުތައް ގެއްލިގެންދާނެ މީހަކަށް ވެގެން ސުވަރުގެ ވަދެވޭނީ ކިހިނެއްތަ؟

ޢުމުރުގަ އަޅުކަންކޮށް ހޯދާ ޘަވާބު ފުނިވަރުތައް ގެއްލިގެންދާނެ މީހަކަށް ވެގެން ސުވަރުގެ ވަދެވޭނީ ކިހިނެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ޤިޔާމަތް ދުވަހު ބަދަލުދޭންޖެހޭނީ ހަމައެކަނި ކުރާ ބޮޑެތި އަނިޔާތަކަކަށް ނޫނެވެ. މީހެއްގެ ހިތުގަ ޖެހޭފަދަ ކަމެއް ކުރެވި، އެފަދަ ބަހެއް ބުނެވިފައި އޮތް ނަމަވެސް ޖެހޭނީ ބަދަލުދޭށެވެ. މިއީ އެއްވެސް މުސްލިމަކަށް ނުއެނގޭނެ ކަންކަން ނޫންނަމަވެސް ފަރުވާތެރިވެވެނީ މަދު މީހަކަށެވެ.

ތިމާކުރާ ހެޔޮއަމަލުތަކުގެ ޖަޒާ ފުރިހަމަ ގޮތުގައި ލިބިގަންނަން އެދޭ މީހާ ކިތަންމެ ކުޑަކަމަކުން ނަމަވެސް އެހެން މީހެއްގެ ޙައްޤަކަށް އަރައިނުގަންނާށެވެ! އެހެންމީހެއްގެ ޙައްޤަކަށް އަރައި ނުގަނެ އުޅެވޭނީ އެކަމަށްދޭންޖެހޭ ސަމާލުކަން ވަރަށް ރަނގަޅަށް ދީގެން އުޅުމުންނެވެ.

ވީމާ އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ބުނެވިފައިވާނަމަވެސްމާފަށް އެދޭށެވެ! މާފަށް އެދި އާދޭސްވެސްކުރާށެވެ! އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! ތިމާ ކުރާ ހެޔޮ ޢަމަލުތަކުން ޤިޔާމަތް ދުވަހު ބަދަލުދޭން ނުޖެހޭނީ އެއިރުންނެވެ! ގިނަ ހެޔޮޢަމަލުތަކެއް ހިފައިގެން މަޙްޝަރަށް ގޮސް މުފްލިސަކަށްވެ، ދަރަނިވެރިވެ ނަރަކައަށް ވަންނަން ޖެހިދާނެ މީހަކަށް ނުވެ ސަލާމަތްވެވޭނީ އެއިރުންނެވެ.

ﷲ ތައާލާގެ ޙަޟްރަތުގައި މަތިވެރިކަންލިބިގެންވާ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އަދިމީސްތަކުންގެ ކުރިމަތީގައިވެސް ޤަދަރު އުފުލިގެންވާ މީހަކު ކަމުގައިވުމަށް ވެސް ގަދައަޅައި މަސައްކަތްކުރާށެވެ!

އެކަންކަން ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުދިނުމެވެ. މީހަކު ދެރަވާނެ ބަހެއްވެސް ދުލުން ނުބުނުމެވެ. މީސްތަކުންނަށް އޯގާތެރިވުމެވެ. ޚުލްޤް ރަނގަޅު މީހަކު ކަމުގައި ވުމެވެ. ބަސްމަދުކުރުމާއި ޢަމަލު ގިނަކުރުމެވެ.

މިފަދަ ސިފަތައް ލިބިފައިވާނަމަ އެމީހެއްގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް އުފުލިގެންދާނެއެވެ! އިން ޝާ ﷲ. އެހެނީ މިސިފަތައް ހުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް