އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާމިޔާބު ލިބޭނީ ޤަރުނެއްވެސް ހަމަނުވާ މަދު ދުވަސްކޮޅަކު އުޅެންޖެހޭ ޙާލަށް ކަންބޮޑުނުވެ ނިމުމެއް ނުވާ ޙަޔާތާއިމެދު ކަންބޮޑުވެވިގެން!

ކާމިޔާބު ލިބޭނީ ޤަރުނެއްވެސް ހަމަނުވާ މަދު ދުވަސްކޮޅަކު އުޅެންޖެހޭ ޙާލަށް ކަންބޮޑުނުވެ ނިމުމެއް ނުވާ ޙަޔާތާއިމެދު ކަންބޮޑުވެވިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ދުނިޔޭގައި އުލެން މިލިބެނީ ކިހާދުވަހެއް ހެއްޔެވެ؟ ވަރަށް މަދު މީހަކަށް ނޫނީ 100 އަހަރުވެސް ނުލިބެއެވެ. ވީމާ ވިސްނައިލުން މުހިންމު ކަންކަން ވަރަށް ގިނައެވެ. 

ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅު ދިރިއުޅުމުގައި ކުރިމަތިވާ ބައެއް ބާވަތުގެ ދަތިތައް ވަރަށް އަވަހަށް ފިލައިގެންދެއެވެ. އަނެއްބައި ކަންކަން އެތައް ޒަމާންތަކަކަށްވެސް ދެމިގެންދެއެވެ. ކޮންމެވެސް މިންވަރަކަށް ލުއިލިބިފައި އެކުގައި ފިލައިގެން ނުގޮސްވެސް އެބަ ހުރެއެވެ. 

މިއިން ކޮންމެ ޙާލަތަކީވެސް ހަމަ އިމްތިޙާނެކެވެ. އެދުވަސްތަކަކީ އިމްތިޙާނުގެ ދުވަސްތަކެވެ! އެ އިމްތިޙާނުގެ ނަތީޖާ މިދުނިޔޭގައި ފެނިވެސްދާނެއެވެ. ނުފެނިވެސް ހިނގައިދާނެއެވެ. ނަތީޖާ ކޮންމެ މީހެއްގެ ވެސް އަތަށް ލިބޭނެ ދުވަހެއްވެއެވެ. އެއީ އާޚިރަތް ދުވަހެވެ! ޤިޔާމަތް ދުވަހެވެ! އެދުވަހު އެމީހާގެ ޢަމަލުތަކުގެ ފަތް ލިބޭ އަތަކުން ނަތީޖާ އެނގިގެންދާނެއެވެ. ޙިސާބު ބެއްލެވުމުގެ ވަގުތުގައި ހުރިހާ ކަންކަން އެނގިގެންވެސްދާނެއެވެ.   

ކުރީގެ ދަރުހެއްގައިވެސް ބުނީމެވެ! ތަކްލީފްތައް ކުރިމަތިނުވާނަމަ މިއީ ދުނިޔެއެއް ނޫނެވެ. ވާނީ ކޮންމެވެސް އެހެން ތަނަކަށެވެ! އެހެނީ އިންސާނުންނަށް އެއްވެސް ތަކްލީފެއް ނެތި ބޭނުންހައި ވަރަކަށް ހިތް ފުރައިގެން ތިބެވޭނެ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. އަހަރެމެން ގަދައަޅައި މަސައްކަތް މިކުރަނީ އެކަމަށެވެ! ނުވަތަ ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ! ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި އަހަރެމެން ހިމެނޭތޯއެވެ! 

ދުނިޔޭގައި ހޭދަކޮށްލަން ލިބޭ ކުރުމުއްދަތުގައި ކަންކަމަށް ކެތްތެރިވެލުން ބޮޑުކަމަކަށް ނުހަދާށެވެ! މީހެއްގެ އެވްރެކް ޢުމުރު މިއުޅެނީ އެންމެ 60، 70 އަހަރުގައެވެ. އަހަރެމެން ކުރިމަތިލާން މިދާ އެންމެ ދުވަހުގެ ދިގުމިން އެނގޭ ނޫންހެއްޔެވެ؟ އެއީ 50،000 އަހަރުގެ އެއް ދުވަހެވެ. އެއީ ދުނިޔޭގެ ކަލަންޑަރުންކަމެއް އާޚިރަތުގެ ކަލަންޑަރުންކަމެއްވެސް އެނގެނީއެއް ނޫނެވެ! ހަމައެކަނި އެނގޭވަރަކީ އާޚިރަތް ދުވަހުގެ ދިގުމިނަކީ 50،000 އަހަރުގެ އެއް ދުވަސްކަމެވެ. 

އަހަރެމެންގެ ދާއިމީ މަންޒިލަކީ ނަރަކަ ނުވަތަ ސުވަރުގެކަން ކަނޑައެޅިގެންދާނީ އެދުވަހުއެވެ. 50،000 އަހަރުގެ ދިގު އެ އެއް ދުވަހުގައެވެ! އެ ދިގު އެއް ދުވަހަކީ ދާދިކުޑަ ހިނދުކޮޅެއް ކަމުގައި ވެގެންދާނެ ބައަކުވެސް ތިބޭނެއެވެ! އެއީ ދުނިޔޭގައި ކުރިމަތިވާ ކަންކަމަށް ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވި މީހުންނެވެ! ސުވަރުގޭގެ މަތިވެރި ދަރަޖަތައް ލިބިގެންދާ، ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅުންނެވެ. 

ވީމާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ޙާލަތުތަކަށް ކެތްތެރިވާށެވެ! ދާދި އެވަހަށް ކަންކަން ބަދަލުވެ އުފާވެރިކަން ލިބޭނެ ވަޤުތަށް އިންތިޒާރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް