އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސްް ޙައްލެއް ހޯދުމަށް ވަޒީރު އާދަމް ޝަރީފު ފެނަކައިގެ އެމްޑީއާ މަޝްވަރާކޮށްފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސްް ޙައްލެއް ހޯދުމަށް ވަޒީރު އާދަމް ޝަރީފު ފެނަކައިގެ އެމްޑީއާ މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙާ، ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސްް ޙައްލެއް ހޯދުމުގެ އިތުރުން ފެނަކައިން ޚިދުމަތް ދޭ ރަށްރަށުގެ މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުންނެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ކުރިއަށް ރޯދަމަސް އޮތުމުން އިތުރަށް ލޯޑު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ އެ ކަމަށް ދުރާލާ ތައްޔާރުވަމުން އަންނަ ކަމުގައި މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ މަގުބައްތިތަކުގެ، އަރތު ލީކް ސަރކެޓް ބްރޭކަރ ހުރިކަން ކަށަވަރުކޮށް ސަލާމަތީ މިންގަނޑަށް ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ވަނީ ވަޒީރާ ހިއްސާ ކުރައްވާފައެވެ. ފެނަކައިން ވަނީ މީގެ ކުރިން ހުރިހައި ރަށެއްގެ މަގުބައްތިތައް ވެސް އިންސްޕެކްޓް ކޮށްފައެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު