އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޕީއެލް ޓަވަރާއި، ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ހިދުމަތް ކެނޑުނު ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުދިފި

އެމްޕީއެލް ޓަވަރާއި، ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ހިދުމަތް ކެނޑުނު ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުދިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ހުޅުމާލޭގެ އެމްޕީއެލް ޓަވަރާއި ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ޚިދުމަތް ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިަވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނެފައިވާ ގޮތުން، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދޭ ފީޑަރުތަކުގެ ތެރެއިން އެއް ފީޑަރެއް ޓްރިޕްވުމާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ވަނީ ވަގުތުން މަސައްކަތް ފަށާފައެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަޖައިޒްކޮށް ކަރަންޓު ދެވިފައެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގިނަ ސަރަހައްދުތަކަށްވެސް ވަނީ އަލުން ކަރަންޓު ދެވިފައެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ، ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ މުވައްޒަފުން ކުރަމުންދާކަމަށާއި އަދި މި ހާދިސާއާ ގުޅިގެން ދިމާވާ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު