އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު
މިއަހަރުގެ ރަމަޟާން މަހު ކަރަންޓް ދިނުމުގެ ކެޕޭސިޓީ ނެތިގެން ގްރޭޓަރ މާލެ ސިޓީ އަދި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ 33 ރަށުގައިވެސް ކަރަންޓްގެ ޚިދުމަތް ކަނޑާލަން ނުޖެހޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ މިއަހަރު މިވަނީ ކުރިއާލައި އެކަމަށް ތައްޔާރުވެ ކެޕޭސިޓީ އިތުރުކޮށްފައި ކަމަށެވެ. ނަމަވެސް ދިމާވާ ޓެކްނިކަލް ކަމެއްގެ ސަބަބުން ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރެވެންދެން ކަރަންޓް ކެނޑިދާނެ ކަމަށެވެ.
ފަހުމީގެ ވާހަކަފުޅުން:
އިރާދުކުރެއްވިއްޔާ މި ރޯދަމަހު ކަރަންޓުގެ މައްސަލައެއް ދިމާ ނުވަންޏާ އަޅުގަނޑުމެން ކަރަންޓްގެ ޚިދުމަތް ކަނޑާލާކަށް ނުޖެހޭނެ. ދެން ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ އިންގޭތޯ. އޭގެ ޕޮސިބިލިޓީ ނެތެކޭ އަޅުގަނޑުވެސް ނުދަންނަވާނަން. އެހެންނަމަވެސް ކެޕެސިޓީ މަދުވެގެން އަޅުގަނޑުމެންމި އެއްވެސް ރަށަކުން ނުވަތަ މާލޭ، ގްރޭޓަރ މާލެ ރީޖަން އިން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ 33 ރަށުގައވެސް، އަޅުގަނޑުމެންގެ ޅިދުމަތްމިދޭ 33 ރަށުގައިވެސް ދުރާލާ ރާވައިގެން ކެޕެސިޓީ އިތުރު ކޮށްފަ މިހިރީ.
ދެން ގްރޭޓަރ މާލޭގައި ނުވަތަ މާލޭގައި އަޅުގަނޑުމެން ޕަވަރ ޕްލާންޓެއް އަޅަން 17 މެގަވޯޓް ޕަވަރ ޕްލާންޓެއް އެޅުމުގެ މަސެއްކަޔް އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބިން ހޯދަން ކުރި މަސައްކަތުން ބިން ލިބިގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހުޅުމާލެއަށް ބޭނުންވާ ނުވަތަ މާލެއަށް ބޭނުންވާ 17 މެގަވޯޓްގެ 13 އިންޖީނާއި ޓްރާންސްފޯމަރ އަދި ކޭބަލް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުމެންގެ އިންޖީނިއަރުން އެދަނީ ރެއާއި ދުވާކު މަސެއްކަތް ކުރަމުން ރޯދަމަހަށް، މާދަމައަށް ވާއިރަށް ތައްޔާރުވާން. އިރާދު ކުރެއްވިއްޔާ ކަރަންޓްގެ މައްސަލަ މާލޭގަ ދިމަލެއް ނުވާނެ. މި ދެންނެވިހެން ކެޕެސިޓީ ނެތިގެން އަޅުގަނޑުމެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރު ވެފަ، ދުރާލާ ތައްޔާރު ވެފަ.
Advertisement
28 ފެބްރުއަރީ 2025