އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ރޯދައަށް ހުރެ ހަވީރު ފެންވެރޭނެތަ؟

ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: ރޯދައަށް ހުރެ ހަވީރު ފެންވެރޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.  

މިއަދުގެ ސުވާލު:

ރޯދައަށް ހުރެ ހަވީރު ފެންވެރޭނެތަ؟ 

އެހީ:

ރޯދަވެރިޔާއަށް ހަވީރުގެ ވަޤުތުގައިވެސް ފެންވެރޭނެއެވެ. ވީމާ ފެން ބޮވުން ފަދަ ކަންކަމަށް ސަމާލުކަންދީގެން ފެންވަރާށެވެ! އަދި ހޯނުފެނުން ފެންވަރާނަމަ ނުކުންނަ އާވި ހަށިގަނޑުގެ ތެރެއަށް ދިއުމުން ރޯދަ ގެއްލިދާނެ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް ދަލީލެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއް ނޫނެވެ. ސަމާލުކަންދޭންވީ ޤަޞްދުގައި އެތެރެއަށް ނުފޮނުވުމަށެވެ. 

ޞަޙާބީން ރޯދަވަރުބަލިކަން ފިލުއްވަވަން ފެންވަރުއްވަވާފައި އެބަހުއްޓެވެ. ފެންގަނޑަށް އެރުއްވަވާފައިވެސް އެބަހުއްޓެވެ. އަހުރެމެންވެސް ވާންވީ އެބޭކަލުންފަދަ އިޚްލާޞްތެރިންނަށެވެ.

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ބަސްފުޅަކުން 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް