އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޒްމިރަލްދާ އާއި މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން މަގާމުން ވަކިކޮށްފި

އަޒްމިރަލްދާ އާއި މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން މަގާމުން ވަކިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު  ފާސްކޮށްފިއެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކިކުރުމަށް 67 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރުންނެވެ. ހަމައެއާއެކު، ފަނޑިޔާރު މަހާޒް މަގާމުން ވަކިކުރުމަށް 68 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރުންނެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވީ ޖުމްލަ 80 މެންބަރުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމާފައިވަނީ ސުލޫކީ މައްސަލައެއްގެ ތެރެއިންނެވެ. އެއީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

މި ދެ ފަނޑިޔާރުން ވަކިކުރުމާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު އައިސް، އައު ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު