އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމެއް ކުރަން ބޭނުންވުމުން ޙަރާމްޙަލާލަށް ބެލުމެއް ނެތި ބޭނުންވާ ކަމެއްކުރާ މީހުންނާ ޙަރާމް ޙަލާލަށް ބެލުމެއްނެތި ފައިސާ ހޯދާ މީހުން ގިނަވުމީ ފަހުޒަމާނުގެ ޢަލާމާތެއް!: ޝައިޚް ޢަލީ ހައްމުދާ

ކަމެއް ކުރަން ބޭނުންވުމުން ޙަރާމްޙަލާލަށް ބެލުމެއް ނެތި ބޭނުންވާ ކަމެއްކުރާ މީހުންނާ ޙަރާމް ޙަލާލަށް ބެލުމެއްނެތި ފައިސާ ހޯދާ މީހުން ގިނަވުމީ ފަހުޒަމާނުގެ ޢަލާމާތެއް!: ޝައިޚް ޢަލީ ހައްމުދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

އެއީ މަދުބައެއް ނޫނެވެ. އެކަން އެގޮތަށް ކުރާ މީހުން ވަރަށް ގިނަވެއްޖެއެވެ. މިބުނަނީ އެމީހަކު ކަމެއް ކުރަން ބޭނުންވުމުން ޙަރާމް ޙަލާލަށް ބެލުމެއް ނެތި އެކަމެއް ކުރާމީހުންނާއި ޙަރާމް ޙަލާލަށް ބެލުމެއް ނެތި ފައިސާ ހޯދާ މީހުންގެ ވާހަކައެވެ. އެފަދަ މީހުން ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ.  

މިކަމުގެ އަޞްލު ހުކުމަށްދާނަމަ އެ ދެބާވަތުގެ މީހުންނަކީވެސް ﷲ ތަޢާލާ އާއި ޗެލެންޖުކުރާ ބައެކެވެ. އެހެނީ ހަވާނަފްސް ކިތަންމެ ބޮޑަކަށް އެދުނަސް ކޮންމެ ކަމެއްވެސް ކުރަން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ކުރެވޭނީ ހުއްދަކުރައްވަވާފައިވާ ކަންކަމެވެ. ހުއްދަކުރައްވަވާފައިވާ ގޮތަށެވެ. 

ދެން އޮތީ ފައިސާގެ މައްސަލައެވެ. ކިތަންމެ ދަތިޙާލެއްގައި އުޅެންޖެހިފައިވީނަމަވެސް އަދި ތަނަވަސްކަން ހުރުމެ އިތުރު ފައިސާއަށް ކިތަންމެ ބޮޑަށް ބޭނުންވެގެން ހުރިނަމަވެސް ﷲ ތައާލާ ހުއްދަ ކުރައްވަވާފައިނުވާ މަގަކުން އެންމެ ރިޔާލައެއްވެސް ލިބިގަތުމެއް ނެތެވެ.  

ލޮބުވެތި ބެލެނިވެރިންނޭވެ! ބެލެނިވެރިން އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ ދަރިންނަށް ކިޔަވައިދިނުމެވެ. މަތީ ތަޢްލީމް ޙާޞިލުކޮށް ދިނުމެވެ. އަދި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ އެމީހަކު ބަލިވުމުން ނުވަތަ ޢާއިލާގެ މީހަކު ބަލިވުމުން ބޭސްފަރުވާ ކުރުމެވެ. އެމީހެއްގެ ފުރާނަ ސަލާމަތްވޭތޯ މަސައްކަތްކުރުމެވެ.  

މިފަދަ ޙާލަތެއްގައިވިޔަސް ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާ ގޮތަކަށް ފައިސާ ނުހޯދާށެވެ! ބަލަންވީ އެކަމުން ލިބޭނެ ވަޤުތީ ހަމަޖެހުމަކަށް ނޫނެވެ. ކުރިމަތިލާން ޖެހޭނެ ﷲ ތަޢާލާގެ ގަދަފަދަވެގެންވާ ޢަޛާބަށެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް