އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކީ ދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ކަރަންޓް ކެނޑުން ވީހާ މަދުކުރުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިކަން ހާމަވެގެންދިއައީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އެސްއޯއީ ކެޓަގަރީން ޓީމް ސްޓެލްކޯ 1 ވަނަ ލިބުމުން އާންމުކުރި ބަސްކޮޅުންނެވެ.
"އަޅުގަނޑުމެންގެ ކާމިޔާބު ޝޯކޭސްގައި ފެނިގެންދިޔައީ "ރީޖަނަލް ސްކާޑާ" ސިސްޓަމް އިންނެވެ. ރީޖަނަލް ސްކާޑާ އަކީ ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގެ ކަރަންޓް އުފެއްދުމުގެ ހުރިހާ ކަމެއް މޮނިޓަރ ކުރުމަށް ތަރައްޤީކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ އެހީގައި މައްސަލަތައް ރަނގަޅަށް ހައްލުކޮށް، ޕްލޭންކުރުމަކާއި ނުލާ ކަރަންޓްގެ ޚިދުމަތް މެދުކެނޑޭ މިންވަރު ވީހާވެސް މަދުކޮށް، ކުރިއަށް އޮތްތަނުގައި ކަރަންޓްގެ ޑިމާންޑާ ދޭ ޚިދުމަތް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން އިނގޭނިޒާމެކެވެ."
ސްޓެލްކޯއިންބުނެފައި އެވަނ ޓެކްނިކަލް މައްސަލަތައް ވީހާމަދުކޮށް ކަސްޓަމަރުންނަށްދޭ ޚިދުމަތް މެދުނުކެނޑޭނެ ގޮތަށް ޚިދުމަތްދޭން ޚާއްޞަ ސަމާލުކަމެއް ދީގެން މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެމަސައްކަތް ކުރިއަށް އޮތްތަނުގައި އިތުރަށް ތަރައްޤީކުރާނެ ކަމަށެވެ.
އެހެން ކަމުން މިއީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެންމެ ބޭނުންވާނެ ކަންތަކެވެ. މިހާރު މާލެސިޓީގެ ގޭބިސީތައް ހުރިގޮތުން ކިތަންމެ ކުޑަ ވަޤުތުކޮޅަކަށް ކަރަންޓް ކެނޑުނު ނަމަވެސް އެކަން ވެފައި އޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ.
Advertisement
23 މެއި 2025