ސްޓެލްކޯގެ ކަރަންޓް ކޭބަލަތައް ބުރިކޮށް ވަގަށް ނެގުމާ ޑިސްޓްރިބިޔުޝަން ފޮށިތަކަށް ގެއްލުންދިނުން- ހުއްޓުވަންޖެހޭ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސްޓެލްކޯގެ ކަރަންޓް ކޭބަލަތައް ބުރިކޮށް ވަގަށް ނެގުމާ ޑިސްޓްރިބިޔުޝަން ފޮށިތަކަށް ގެއްލުންދިނުން- ހުއްޓުވަންޖެހޭ ކަމެއް!

ލޯނަރުވަގުން ގިނަވެ ސްޓެލްކޯގެ ކަރަންޓް ކޭބަލަތައް ބުރިކޮށް ވަގަށް ނެގުމާއި ޑިސްޓްރިބިޔުޝަން ފޮށިތަކަށް ގެއްލުންދިނުމުގެ ޢަމަލުތައް މިހާރުވެސް ގެންދަނީ ކުރަމުންނެވެ. ލޯނަރުވަގުންނަކީ އެމީހުންގެ ފުރާނައަށްވެސް ބަލައިލާ ބައެއް ނޫނެވެ. ކަރަންޓުގައިޖެހި މަރުވަމުންދާއިރުވެސް ޖެހިލުންވާކަމަށް ނުވެއެވެ.

މިފަދަ ކަންކަމުގެ ސަބަބުން ސްޓެލްކޯއަށް މާލީ ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު ގެއްލުމުގެ ޢަދަދު އަހަރަކު އެތައް މިލިއަން ރުފިޔާއަކަށް އަރައެވެ. އަދި މިފަދަ މައްސަލަތަކުގެ ސަބަބުން ކަރަްނޓުގެ ޚިދުމަތް ކެނޑުމުން ގިނަބައަކަށް އަންނަނީ ބޮޑެތި ދަތިތައް ކުރިމަތިވަމުންނެވެ. 

ފުލުހުން މިއަދުވެސް ވަނީ މިފަދަ ވައްކަމެއްގެ ވާހަކަ ހާމަކޮށްފައެވެ. 

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން މި ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

މި މައްސަލައިގެ ތުހުމަތުގައި  ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ. 

މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑިފައި ވެއެވެ.

 

- ވައްކަމުގެ ޚަބަރު: ދިވެހި ފުލުހުންގެ ޚިދުމަތް

މިއަދު އޮންލައިން